އިންސާނާގެ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރާ ގޮތަކީ އޭނާގެ ދިގު މުއްދަތުގެ ސިއްހަތާއި، މުސްކުޅިވުމުގެ މަރުހަލާ ދުޅަހެޔޮކޮށް ބެހެއްޓުމަށް އެޅޭ އެންމެ ބޮޑު ބިންގަލެވެ. ހާއްސަކޮށް ހެނދުނު ހޭލައިގެން ކުރާ ކަންތައްތަކަކީ ހަށިގަނޑުގެ ހޯރމޯންތަކަށާއި، ދުވަހުގެ ހަކަތައަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ކަންކަމެވެ. ތިރީގައި މިވަނީ ދިގު އުމުރަކަށް އުންމީދުކުރާ ކޮންމެ މީހަކުވެސް ހެނދުނުގެ ވަގުތުގައި އާދަކުރަންވީ މުހިންމު 5 ކަމެކެވެ.
ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހޭ އެއް ކަމަކީ ގުދުރަތީ އަލި ނުވަތަ އިރުގެ އަލި ހަށިގަނޑަށް ހޯދުމެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ "ސާކޭޑިއަން ރިދަމް" ނުވަތަ ނިދުމާއި ހޭލުމުގެ ނިޒާމު ތަރުތީބުވެގެންދެއެވެ. އިރުގެ އަލި ލޮލަށް ފެނުމުން ހަށިގަނޑުގައި 'ކޯޓިސޯލް' ހޯރމޯން އިތުރުވެ، ހޭލުންތެރިކަން އިތުރުކޮށްދެއެވެ. މީގެ އިތުރުން، ރޭގަނޑުގެ ވަގުތުގައި އަރާމު ނިދި ލިބުމަށް އެހީތެރިވެދޭ 'މެލަޓޯނިން' ހޯރމޯން އުފެއްދުމަށްވެސް މިކަމުގެ ސަބަބުން މަގުފަހިވެއެވެ. އެހެންކަމުން ހެނދުނު ހޭލައިގެން ބޭރަށް ނުކުމެލުން ނުވަތަ ކުޑަދޮރެއް ކައިރީގައި މަޑުކޮށްލުމަކީ ދުޅަހެޔޮ ސިއްހަތަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ހެނދުނުގެ ނާސްތާއަކީ މުޅި ދުވަހުގެ ހަކަތަ ކަނޑައަޅައިދޭ ކެއުމެވެ. ގިނަ މީހުން ހެނދުނު ހަކުރު ގިނަ ތަކެތި ކެއުމަށް އާދަވެފައި އޮތް ނަމަވެސް، ސިއްހީ މާހިރުން ލަފާދެއްވަނީ ޕްރޮޓީންއާއި ފައިބަރު ގިނަ ކެއުމެއް ބޭނުންކުރުމަށެވެ. މީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ހޯރމޯންތަކުގެ ބެލެންސް ނުގެއްލި ހުރެއެވެ. މިއީ މާ އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދީ، ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.
ހުސްބަނޑާ ހުރެ ކޮފީ ބުއިމަކީ ހަށިގަނޑުގެ ކޯޓިޒޯލް ލެވެލް މާބޮޑަށް މަތިކޮށްލާ ކަމެކެވެ. މީގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަން އިތުރުވެ، ހަށިގަނޑުގެ ހޯރމޯންތަކަށް ބުރޫއަރައެވެ. އެހެންކަމުން، ކޮފީ ބުއިމުގެ ކުރިން މަދުވެގެން އެއް ތަށި ފެން ބުއިމަކީ ހަށިގަނޑު ހައިޑްރޭޓް ކުރުމަށް މުހިންމު ކަމެކެވެ. އަދި ކޮފީ ބުއިމުގެ ކުރިން ކޮންމެވެސް އެއްޗެއް ކާލުމަކީ ބަނޑުގެ ސިއްހަތަށާއި ހޯރމޯންތައް ހަމަހިފަހެއްޓުމަށް އެންމެ ރަނގަޅު ގޮތެވެ.
ހެނދުނުގެ ވަގުތުގައި ކަސްރަތު ކުރުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްކޮށްދީ، އިންސިއުލިންގެ މަސައްކަތް ހަރުދަނާކޮށްދޭ ކަމެކެވެ. މާ ބުރަ ކަސްރަތުތަކެއް ނޫނަސް، 10-15 މިނެޓުގެ ހިނގާލުމެއް ނުވަތަ ސްޓްރެޗިންގ ހެ
ދުމަކީވެސް މަސްތަކުގެ ވަރުގަދަކަމަށާއި ކަށީގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އެހީއެކެވެ. މިއީ މުސްކުޅިވާއިރު ހަށިގަނޑުގެ ވަރުގަދަކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ އާދައެކެވެ.
ހެނދުނު ހޭލައިގެން ވަގުތުން ފޯނު ބެލުމުގެ ބަދަލުގައި، މަދު މިނެޓުކޮޅަކު ނަމަވެސް ހިމޭންކަމާއެކު އިނުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ. މިއީ ސްޓްރެސް ހޯރމޯންތައް ދަށްކޮށްދީ، ދުވަހުގެ މަސައްކަތްތަކަށް ސިކުނޑި ތައްޔާރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ދުވަސް ފެށިގެންދާނީ ހަމަޖެހުމާއި އުފާވެރިކަމާއެކުގައެވެ.
މި ދެންނެވި ކަންކަމަކީ ހަމައެކަނި އެއް ދުވަހަކު ކޮށްލާ ކަންތައްތަކަކަށް ހެދުމުގެ ބަދަލުގައި، ދިރިއުޅުމުގެ އާދައަކަށް ހެދުން މުހިންމެވެ. މި އާދަތަކުގެ ސަބަބުން ހަށިގަނޑުގެ ހޯރމޯންތައް ހަމަހިފެހެއްޓި، ހަކަތަ އިތުރުވެ، ދުޅަހެޔޮ ގޮތުގައި މުސްކުޅިވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

NZL
ކިޔުންތެރިންގެ ހިޔާލު