ހުޅުމާލޭގެ ފްލެޓެއްގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހިއްޖެއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ 141 ވަނަ ފްލެޓްގައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:00 ހާއިރުއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ޖުމްލަ ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ދެ ކުޑަކުދިން ވެސް ހިމެނެއެވެ. ނަމަވެސް، ފުލުހުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނު އެންމެންގެ ހާލުވެސް މިހާރު ރަނގަޅެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަރވިސްއިން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވެފައިވާއިރު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެންޑީއެމްއޭއިން ބުނީ މި ހާދިސާގެ ސަބަބުން އެ ފްލެޓުގައި ދިރިއުޅޭ އެއް އާއިލާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން، އެ އާއިލާގައި ހިމެނޭ ހަ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެ މީހުން ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާތީ، ފުލުހުން ދަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.

JOR
ކިޔުންތެރިންގެ ހިޔާލު