އިގުތިސާދީ މިހާރުގެ ހާލަތަށް ބަލާއިރު، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ މިވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކުރެއްވީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ޕީއެންސީން ޖުމްލަ ގޮތެއްގައި ތާއީދު ކުރި ނަމަވެސް، މި ގަރާރު ހުށަހެޅުއްވީ ހެޔޮ ނިޔަތެއްގައި ނޫން ކަމަށެވެ.
ގައުމުގެ އިގުތިސާދީ ހާލަތު މިވަގުތު ތަންނުދޭ ކަމަށް ވިދާޅުވެ، ޝުޖާއު ވަނީ މި ދައުރު ނިމުމުގެ ކުރިން މުސާރައިގެ ބަދަލު ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ބަހުސްގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، މި ސަރުކާރުން މަސައްކަތްކުރަނީ އެ ހާލަތުން ގައުމު ސަލާމަތްކުރުމަށް ކަމަށެވެ. އެމްޑީޕީން މިފަދަ ގަރާރުތައް ހުށަހަޅަނީ އިގުތިސާދު އިތުރަށް ހަލާކުކޮށްލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވަނީ އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައި ކައުންސިލަރުންގެ މުސާރަ ބޮޑު ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވިދާޅުވީ ކައުންސިލަރުންނަށް އެކަށީގެންވާ މުސާރައެއް ދިނުމަށް ތާއީދު ކުރެއްވި ނަމަވެސް، މިހާރުގެ އިގުތިސާދީ ހާލަތަށް ބަލާއިރު އެކަމަށް އެންމެ އެކަށޭނަ ވަގުތު މިއީ ނޫން ކަމަށެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު