ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި (އެމް.އެން.ޑީ.އެފް) 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވަމުން ގެންދެވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536) މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމަކީ ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ވަގުތުގައި މަރުޙޫމްގެ ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މާތްالله މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް މި ހިތާމައިގައި ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަށްވާފައެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރަށްވާފައިވާ، އަދި އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރަށްވާފައެވެ.

COL
RSA
BIH
ކިޔުންތެރިންގެ ހިޔާލު