މި ސަރުކާރުން 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކޮށްފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވެއްޖެއެވެ.
"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިހުތިޖާޖާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުސައިން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ރިކޯޑްތަކުން 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ވަކިކޮށް އަދި ސަސްޕެންޑުކޮށްފައިވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. މީގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ މިހާރުވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެމްޑީޕީގެ ލީގަލް ޓީމުން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ހުސައިން ވިދާޅުވީ، ހަމައެކަނި މިދިޔަ އަންގާރަ ދުވަހުވެސް 10 މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކަމަށެވެ. "ވަޒީފާ ބުރާސްފަތި" އިހުތިޖާޖަކީ ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންނާއި، ސިޔާސީ ބިރުދެއްކުންތަކާ ދެކޮޅަށް ތެދުވުމަށް ބާއްވާ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގައި ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ތިބޭނީ ނޫސްވެރިންނާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، މަޖިލިސް މެންބަރު މައުރޫފް ޒާކިރާއި ގައުމީ މަޖިލީހުގެ މެންބަރު ޒާޔާގެ އިތުރުން އިތުރު ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ނާއިންސާފުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސަރުކާރުން އަސާސީ ހިދުމަތްތައް މެދުކަނޑާލައި، ސިޔާސީ ގޮތުން ބިރުދެއްކުން އިތުރުވަމުންދާތީ، މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ނިންމާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކުރާ މުވައްޒަފުން އެއްވެސް އުސޫލެއް ނެތި ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހުސައިން ހަސަން ވިދާޅުވީ، މި އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށާއި، ކޯޓުތަކާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރާނެ ކަމަށެވެ.

COL
RSA
BIH
ކިޔުންތެރިންގެ ހިޔާލު