އަމިއްލަ މަންމައަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހއ. ހޯރަފުށީ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ، ކޮތަރިވިލާ، މުހައްމަދު ސުނާހު އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިއަދު ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމައި ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.
ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، ސުނާހުގެ މައްޗަށް ކުރެވެނީ ހަމައެކަނި މާރާމާރީ ހިންގި ކަމުގެ ތުހުމަތެއް ނޫނެވެ. އޭނާގެ މައްޗަށް އޭނާގެ މަންމައަށް ބިރުދައްކައި އިންޒާރު ދިން ކަމުގެ ތުހުމަތު ކުރެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައެވެ. ނަމަވެސް، ކޯޓުގައި ސުނާހު ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އޭނާގެ މަންމަގެ ގައިގައި އޭނާ ޖަހާފައެއް ނުވާނެއެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، މުހައްމަދު ސުނާހަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހޯދާފައިވާ މީހެކެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

RSA
ކިޔުންތެރިންގެ ހިޔާލު