ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ސްކޭމްގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ރޭ ވަނީ، މި މައްސަލައިގައި ހިމެނޭ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ޒުވާން އުމުރުގެ ފިރިހެނަކު އޭޓީއެމް ކައިރީގައި ހަރަކާތްތެރިވާ މަންޒަރެވެ. ފުލުހުން ބުނީ މި މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު ކުށްކުރާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
އޭގެއިތުރުން އާންމުންގެ އެހީތެރިކަމާއެކު މީގެ ކުރިންވެސް މިފަދަ ގިނަ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ މީހުން ހޯދިފައިވާކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ.
ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށް ފުލުހުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ގާއިމުކޮށްފައިވާ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 2،259 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން 50 އިންސައްތައަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ސްކޭމްތަކެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މައްސަލަތަކާ ގުޅިގެން މިހާތަނަށް 3،852 އެކައުންޓް ފްރީޒްކޮށް، ގެއްލުނު ފައިސާގެ ތެރެއިން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ. މިއީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 37 އިންސައްތައެވެ. އެގޮތުން ދާދި ފަހުން ހިންގި "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް" ގައި ބައިވެރިވެ، ރާއްޖެއިން ބޭރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ހިފަހައްޓާފައެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު