ޕީއެންސީ އޮތީ ރައީސް މުޢިއްޒާއެކު ގަދަކޮށް ކަމަށާއި، އެޕާޓީ ބައިބައި ކުރަން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުالله، އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދަށް އިލްތިމާސް ކުރަށްވައިފިއެވެ.
އަދުރޭ މިހެން ވިދާޅުވީ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންސީ މިހާރު އޮތީ ރޫޅުމުގެ މަގުމަތީގައި ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އަދުރޭ ވިދާޅުވީ، ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ ކަމަށާއި، ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީކަމަށެވެ. ހަމައެއާއެކު އަދުރޭ ވިދާޅުވީ، އެ ޕާޓީއަކީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް އިސްކުރާނީ ދިވެހީންނާއި ދިވެހި ގައުމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މުޅި މި ޕާޓީ އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ގަދަކޮށް." އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕީއެންސީ މިހާރު "ބައިބައިވެއްޖެ" ކަމަށެވެ، އަދި ކުރިއަށް އޮތް ތަނުގައި އެކަން ރައްޔިތުންނަށް މާ ސާފުކޮށް ފެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުންދާއިރު، ރައީސް މުޢިއްޒުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި، ރައީސް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުން މިހާރު އަޑުނާހާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޕީއެންސީ ބައިބައި ކުރާކަށް ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއްނެތް. ބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ. އެންމެ ބަދަހި ޕާޓީ. ބިނާކުރަނިވި ފިކުރުގެ ޕާޓީ. މި ޕާޓީއިން އަބަދުވެސް އިސްކުރާނީ ދިވެހީންނާ ދިވެހީންގެ ގައުމު.… pic.twitter.com/d0t8NNyxHL
— Abdul Raheem Abdulla (@Banafsaa) June 18, 2026
އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޕީއެންސީ މިހާރު "ބައިބައިވެއްޖެ" ކަމަށެވެ، އަދި ކުރިއަށް އޮތް ތަނުގައި އެކަން ރައްޔިތުންނަށް މާ ސާފުކޮށް ފެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސްއެއް ބާއްވަން ތައްޔާރުވަމުންދާއިރު، ރައީސް މުޢިއްޒުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި، ރައީސް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުން މިހާރު އަޑުނާހާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

KOR
AUS
MAR
ކިޔުންތެރިންގެ ހިޔާލު