ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)
ރާއްޖޭގެ ރަށްރަށުގައި މިހާރު އޮތް ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ހިންގުމަށްވުރެ، ކުރީގެ ކަތީބުންގެ ޒަމާނުގައި ރަށްތައް ތަރައްގީވެ، ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ކުރި ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ މިހާރުގެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

​މެންބަރު އައިބީ ވިދާޅުވީ، ކައުންސިލްތަކުން އެދެވޭ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ކައުންސިލްތަކުގެ އެންމެ ބުރަ މަސައްކަތްތައް ކުރަނީ އެ ތަންތަނުގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.

އަދި ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަރުންގެ މަސައްކަތަކަށް ވެފައި އޮންނަނީ ހަމައެކަނި ރަށްރަށުގެ ބިންތައް ގަވާއިދާ ޚިލާފަށް ބެހުން ކަމަށާއި، އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ކައުންސިލްތައް ފެއިލްވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

​ކައުންސިލަރުންނާއި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ސެކްރެޓަރީ ޖެނެރަލުން އައްޔަނުކޮށްގެން ނުވަތަ އިންތިޚާބުކޮށްގެން ރައްޔިތުންނަށް ކުރެވުނު އެއްވެސް ފައިދާހުރި މަސައްކަތެއް ފެންނަން ނެތް ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.

ނަމަވެސް މީގެ ކުރިން، ހާއްސަކޮށް ފޭދޫ އައްޑޫ ސިޓީން ވަކިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ދުވަސްވަރު، ވަކި ކައުންސިލްތައް އޮތުމުގެ މުހިއްމުކަމުގެ ވާހަކަ މެންބަރު އައިބީ ވަނީ ފާހަގަކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު