ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބޮޑަށް ވައިރަލްވެފައިވާ ވީޑިއޯއަކުން ފެނިގެންދަނީ، ދޯންޏެއްގައި މަންމައަކާ އެކު ދަތުރުކުރަމުން ދިޔަ ކުޑަކުއްޖަކު، އެ މަންމަގެ އަތުން އައިފޯނެއް އަތުލައި ކޯރަކަށް އެއްލާލާ މަންޒަރެވެ.
މިއީ ކޮންގައުމެއްގަ ހިނގި ހާދިސާއެއްކަން ކަށަވަރުވެފައި ނުވި ނަމަވެސް ބޮޑަށް ބެލެވެނީ މިއީ އިންޑިއާގެ ސިޓީއެއްގައި ހިނގި ކަމެއްކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު މަންމަ އުފާވެރިކަމާ އެކު ދަތުރުގެ މަންޒަރުތައް ވީޑިއޯ ކުރަން އިންނަވަނިކޮށް، ކުއްޖާ ކުއްލިއަކަށް ފޯނު އަތުލައި ފެންގަނޑަށް އެއްލާލީ އެއްވެސް ވިސްނުމަކާ ނުލައެވެ.
ފޯނު ފެންގަނޑަށް ވެއްޓުމާ އެކު މަންމަގެ މޫނުމަތިން ފެނުނު ހައިރާންކަމާއި މާޔޫސްކަން މި ވީޑިއޯއިން ވަރަށް ރަނގަޅަށް ސާފުވެއެވެ.
މި ހާދިސާގެ ވީޑިއޯ ސްލޯ މޯޝަންގައި ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ މި ކުއްޖާގެ މި އަމަލަށް ތަފާތު އެކި ކޮމެންޓުތައް ކުރަމުންނެވެ.
ބައެއް މީހުން މި ވީޑިއޯއަށް ބަލައި ހީނހީފައިވާއިރު، އަނެއް ބަޔަކު ވަނީ މި ދަތުރުގައި ކުއްޖާގެ ސަލާމަތަށްޓަކައި ލައިފް ޖެކެޓެއް އަޅުވާފައި ނެތުމުން، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު