މި ސަރުކާރަކީ އާ ކަމެއް، އާ ވިސްނުމެއް، އަދި އާ ގޮތެއް ވެސް ނެތް ސަރުކާރެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ތުހުމަތުކުރެއްވި ގޮތުގައި، މި ސަރުކާރުން އަންނަނީ އެހެން ސަރުކާރުތަކާއި އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ ކްރެޑިޓް ނަގަމުންނެވެ.
މިސާލެއްގެ ގޮތުން، 2022 ވަނަ އަހަރު ފެށި ޕޭޕަލްގެ މަސައްކަތުގެ ކްރެޑިޓް ވެސް މި ސަރުކާރުން ނަގަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި، އަސާސީ ބޭސްތައް ވެސް ނުލިބޭ ކަމުގެ ޝަކުވާ ބޮންޑާ ކުރެއްވި އެވެ. މިފަދަ ހާލަތެއް މެދުވެރިވާ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޚާއްސަކޮށް، މެނިފެސްޓޯގައި ވައުދުވި ގޮތަށް ޔޫރަޕާއި ދުބާއީން މޮޅު ބޭސް ގެނައުމުގެ ބަދަލުގައި، ސަރުކާރުން ބޭސް ހޯދި ބަންގްލަދޭޝް އާއި އިންޑިއާގެ ކުންފުނިތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ބޭސް ލިބުން ހުއްޓިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޝަކުވާތައް އިތުރުވުމުން ޔޫރަޕުން ބޭސް ގެންނަ ކަމަށް ސަރުކާރުން ބުނަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ. އަދި މިކަމުގެ ތެރޭގައި "މެޑިކަލް މާފިއާ" އެއް އުޅޭ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ސަރުކާރުން ފާމަސީތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިލިއަނުން އަދި ބިލިއަނުން މައްޗަށް ގޮސްފައިވާ ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

JPN
ކިޔުންތެރިންގެ ހިޔާލު