އިންޑިއާގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެ ގައުމުގައި އަމިއްލައަށް ބަނދެފައިވާ ތިން ހަނގުރާމަމަތީ އުޅަނދެއް ކަލްކަތާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ނެރުނު އުޅަނދުތަކަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށާއި، ސަރަހައްދީ ގޮތުން ކުރިމަތިވެދާނެ ނުފޫޒުތަކަށް ފާރަވެރިވެ، ރައްދު ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ.
މިގޮތުން ހިދުމަތަށް ނެރުނު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 'އައިއެންއެސް ދުނަގިރި'، 'އައިއެންއެސް ސަންޝޯދަކް' އަދި 'އައިއެންއެސް އަގްރޭ' އެވެ. 'އައިއެންއެސް ދުނަގިރި' އަކީ ރޭޑާރަށް ނޭނގޭ ފަދަ 'ސްޓެލްތް' ޓެކްނޮލޮޖީއާއެކު ބްރަމޯސް މިސައިލް ހަރުކޮށްފައިވާ ވަރުގަދަ ފްރިގޭޓެކެވެ. 'އައިއެންއެސް ސަންޝޯދަކް' އަކީ ކަނޑުގެ އަޑީގެ ސާވޭތަކާއި ޗާޓުތައް ތައްޔާރުކުރުމަށް ހާއްސަ އުޅަނދެކެވެ. އަދި 'އައިއެންއެސް އަގްރޭ' އަކީ އައްސޭރިފަށުގެ ސަރަހައްދުތަކުން ސަބްމެރިންތައް ހޯދައި، އެފަދަ ނުރައްކާތަކުން ދިފާއުވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދެކެވެ.
ކަލްކަތާގެ ގާޑަން ރީޗް ޝިޕްބިލްޑާސް އެންޑް އިންޖިނިއާސް އިން ބަނދެފައިވާ މި އުޅަނދުތަކަކީ، އެއް ދުވަހެއްގެ ތެރޭގައި އިންޑިއާގެ އަސްކަރީ ހިދުމަތަށް ނެރުނު ތިން އުޅަނދަށްވުމުން، މިއީ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަހުރުވެރި ކާމިޔާބީއެކެވެ. މިއީ އަމިއްލަ ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. އަސްކަރީ ތަޖުރިބާކާރުން ދެކޭގޮތުގައި، މި އުޅަނދުތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެ ގައުމުގެ ދިފާއީ ބާރާއި ނުފޫޒު ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެގެންދާނެއެވެ.

ALG
ކިޔުންތެރިންގެ ހިޔާލު