މިދިޔަ ފެބްރުވަރީ މަހު ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނު މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހު އައި ބޯޓަކުން ބޭލި ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުރި 36.4 ކިލޯގެ ހަޝިޝް އޮއިލް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 29 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ޒަފަރު އަހްމަދު ނަމަކަށް ކިޔާ ޕާކިސްތާނު މީހެކެވެ. ރާއްޖޭގައި ދިރިއުޅެމުންދާ މި މީހާ ފުލުހުން ހައްޔަރުކުރީ މިމަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރުކުރަމުން ގެންދިއުމުން ގާޒީ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ޒަފަރު އަހްމަދަކީ މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ މުގުލުގައި ހުރި އަދި މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.
މި މައްސަލައިގެ ތެރެއިން މީގެ ކުރިން ދެ ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ މާލެއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ވިޝާމް މުޙައްމަދާއި، މ. މުލައް، މަދާރުގެ، އުމުރުން 26 އަހަރުގެ ޙަސަން މަފާޒެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އަތުލައިގަތް ދުވަސްވަރު، ފެބްރުވަރީ މަހުގެ ތެރޭގައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު