ޔޫރަޕްގެ އިއްތިޙާދުގެ (އީޔޫ) އިސް ޑިޕްލޮމެޓް ކާޖާ ކާލަސް، ފަލަސްތީނާމެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކަކީ ދެކުނު އެފްރިކާގެ ކުރީގެ ނަސްލީ ތަފާތުކުރުންތަކުގެ (އެޕާތައިޑް) ނިޒާމާ އެއްފަދަ ކަމެއްކަމަށް ސިއްރު ބައްދަލުވުމެއްގައި ވިދާޅުވި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން، އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރް އީޔޫއާއެކު އޮތް ހުރިހާ ގުޅުމެއް މެދުކަނޑާލައިފިއެވެ.
މި މައްސަލަ ފެންމަތިވީ، މިދިޔަ މޭ މަހު މެކްސިކޯގެ އޮފިޝަލުންނާއެކު ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކެއްގައި ކާލަސް މިފަދަ މޭރުމަކުން ވާހަކަދެއްކެވި ކަމަށް "ޔޫރެކްޓިވް" ނޫހުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާ ގޮތުން، އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އަމަލުތަކާއި، 1990 ގެ މެދުތެރެއާ ހަމައަށް ދެކުނު އެފްރިކާގައި އޮތް ނަސްލީ ވަކިކުރުމުގެ ނިޒާމާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
ގިޑިއޯން ސާރްގެ ހަރުކަށި ރައްދުއިސްރާއީލުގެ ޚާރިޖީ ވަޒީރު ސާރް "އެކްސް" މެދުވެރިކޮށް ވިދާޅުވީ، ކާލަސް ދެއްކެވި ވާހަކަފުޅުތައް އަނބުރާ ގެންދަވަންދެން އޭނާއާއެކު އޮތް ހުރިހާ ގުޅުމެއް މެދުކަނޑާލުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި ކާލަސް އިސްރާއީލާމެދު އަމަލުކުރައްވަނީ ނުހައްގުން އަދި ވަކި އަތަކަށް ޖެހިވަޑައިގެން ހުންނަވައިގެން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިކަމާ ގުޅިގެން ކާލަސް ކުރެއްވި ޕޯސްޓެއްގައި އީޔޫއިން ދެ ދައުލަތުގެ ހައްލަށް ތާއީދުކުރާކަން ތަކުރާރު ކުރެއްވި ނަމަވެސް، އޭނާ ދެއްކެވި ކަމަށް ބުނާ ވާހަކަތައް ދޮގެއް ނުކުރައްވައެވެ. ސާރް މާނަކުރެއްވި ގޮތުގައި ކާލަސްގެ މި ހިމޭންކަމަކީ އެ ވާހަކަތަކަށް އެއްބަސްވުމެވެ.
އީޔޫ އާއި އިސްރާއީލުގެ ގުޅުންމި ހާދިސާއިން ހާމަވަނީ އީޔޫ އާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަމެވެ. އީޔޫއަކީ އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށްވީ ނަމަވެސް، ފަލަސްތީނުގެ މައްސަލައިގައި އީޔޫގެ ގައުމުތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އަޔަލޭންޑާއި، ސްޕެއިން އަދި ސްލޮވީނިއާ ފަދަ ގައުމުތަކުން އިސްރާއީލާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންދާއިރު، ޖަރުމަނާއި ހަންގޭރީ ފަދަ ގައުމުތަކުން ދަނީ އެފަދަ ފިޔަވަޅުތަކަށް ހުރަސް އަޅަމުންނެވެ.
މި ނުތަނަވަސްކަމާއެކުވެސް، ދެފަރާތުގެ މެދުގައި އޮތް އިގްތިސާދީ އަދި ޙާރިޖީ ގުޅުންތަކުގެ ސަބަބުން، މި މައްސަލައަކީ މުޅި ގުޅުން ކަނޑާލުމަށްވުރެ ބޮޑަށް ސިޔާސީ ގޮތުން ދައްކާލާ ބާރެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލަށް ކުރިމަތިވަމުންދާ ގާނޫނީ ފިއްތުންތަކާއި ފާޑުކިޔުންތައް މިކަމުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު