ދިވެހި ޤައުމު ދަވާ ހުސްކޮށްލައިފި ކަމަށާއި، ސަރުކާރުގެ މަޝްރޫޢުތައް ހިންގާ ކޮންޓެކްޓަރުންނަށް ފައިސާ ނުލިބި ގޮތް ހުސްވެފައިވާ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް މިކަން ހާމަކުރެއްވީ އެކްސް މެދުވެރިކޮށް ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އޭނާ ވިދާޅުވީ މުޅި ޤައުމު ދަވާ ހުސްކޮށްލާފައިވާ ކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންނަށް ދަރާ ވިކިފައި ކަމަށެވެ. ހަމައެއާއެކު ވެމްކޯ، އެމްޕީއެލް، ފެނަކަ އަދި ސްޓެލްކޯ ފަދަ ސަރުކާރުގެ ކުންފުނިތަކުން ދޭންޖެހޭ ލާރި ނުދީ ހިފަހައްޓަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ދިވެހި ކޮންޓެކްޓަރުން އުޅޭ ހާލު ސަރުކާރަށް ނޭންގެނީބާ؟" މަލީޙް ސުވާލު އުފައްދަވާފައިވެއެވެ.
މަލީޙް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ދަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާ މެދު އިންޒާރުތައް ދެމުންނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލުމާއި، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިންފްލޭޝަން މަތިވެ، ފަގީރުކަން އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކަނީ، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 6 އިންސައްތައަށް އުފުލޭނެ ކަމަށެވެ. އަދި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، 2028 ވަނަ އަހަރާ ހަމައަށް ވެސް އިންފްލޭޝަން 4 އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެވޭ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓްގައި ވެއެވެ. މި ހާލަތުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު 7.7 އިންސައްތައިގައި ހުރި ފަގީރުކަމުގެ ނިސްބަތް، 2026 ވަނަ އަހަރު 7.9 އިންސައްތައަށް މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ، މި ބަދަލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އާބާދީގެ 48.9 އިންސައްތަ މީހުންނަކީ ފަގީރުކަމުގެ ރޮނގު މަތީގައި ތިބި މީހުން ކަމަށްވުމުން، އިގްތިސާދަށް އަންނަ ކުޑަ ލޮޅުމަކުން ވެސް އެ ފަރާތްތައް ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ ބޮޑު ކަމަށް އެ ބޭންކުން ލަފާ ކޮށްފައިވެއެވެ.
މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމަކަށް އައި ނަމަވެސް، އަންނަ އަހަރުން ފެށިގެން އިގްތިސާދު އަލުން ރަނގަޅުވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ލަފާކޮށްފައެވެ. އައިއެމްއެފްގެ ޓީމަކުން މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓް ޑެފިސިޓާއި އާންމު ދަރަނި ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން ވަނީ ސަރުކާރަށް ލަފާދީފައެވެ.

Mulhi qaumu dhavaa huskohlaifi. Sarukaaru rayyithunnah dharaa vikifa. Wamco dheyn jehey laari nudhey. MPL in dheyn jehey laari nudhey. Fenaka in nudhey. Stelco in nudhey. Dhivehi contractors ulhey haalu sarukaarah neygenee baa? pic.twitter.com/8ervdQ82X4
— Mohamed Maleeh Jamal (@maleehjamal) June 23, 2026
މަލީޙް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ދަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާ މެދު އިންޒާރުތައް ދެމުންނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލުމާއި، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިންފްލޭޝަން މަތިވެ، ފަގީރުކަން އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކަނީ، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 6 އިންސައްތައަށް އުފުލޭނެ ކަމަށެވެ. އަދި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، 2028 ވަނަ އަހަރާ ހަމައަށް ވެސް އިންފްލޭޝަން 4 އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެވޭ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓްގައި ވެއެވެ. މި ހާލަތުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު 7.7 އިންސައްތައިގައި ހުރި ފަގީރުކަމުގެ ނިސްބަތް، 2026 ވަނަ އަހަރު 7.9 އިންސައްތައަށް މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ، މި ބަދަލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އާބާދީގެ 48.9 އިންސައްތަ މީހުންނަކީ ފަގީރުކަމުގެ ރޮނގު މަތީގައި ތިބި މީހުން ކަމަށްވުމުން، އިގްތިސާދަށް އަންނަ ކުޑަ ލޮޅުމަކުން ވެސް އެ ފަރާތްތައް ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ ބޮޑު ކަމަށް އެ ބޭންކުން ލަފާ ކޮށްފައިވެއެވެ.
މިއަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހުމަކަށް އައި ނަމަވެސް، އަންނަ އަހަރުން ފެށިގެން އިގްތިސާދު އަލުން ރަނގަޅުވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ލަފާކޮށްފައެވެ. އައިއެމްއެފްގެ ޓީމަކުން މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދައުލަތުގެ ބަޖެޓް ޑެފިސިޓާއި އާންމު ދަރަނި ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށެވެ. އަދި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މުހިންމު އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް އެ އިދާރާއިން ވަނީ ސަރުކާރަށް ލަފާދީފައެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު