ސިޔާސީ މަސައްކަތްތަކުގައި ކޮރަޕްޝަނަށް ހިތްވަރުދޭ ނުވަތަ ކޮރަޕްޓު އެއްވެސް ބޭފުޅަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީއެންއެފްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލެއް ހިންގިކަން ސާބިތުވެއްޖެނަމަ، އެފަދަ ކޮންމެ ފަރާތަކާމެދު ވެސް ހަރުކަށި ފިޔަވަޅު އަޅައި، އެފަރާތްތައް ސިޔާސީ މަގާމުތަކުން ވަގުތުން ދުރުކުރައްވާނެ ކަމަށެވެ.
މިކަމުގެ މިސާލެއްގެ ގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކޮރަޕްޝަންގެ އަމަލުތައް އެނގުމާއެކު، ވަގުތުން ފިޔަވަޅު އަޅުއްވާފައިވާނެ ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގެ އުސޫލުތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުން ކަމަށާއި އެކަމުގައި އެއްވެސް ފަރާތަކަށް ދޫ ނުދެއްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ތުހުމަތުކުރެއްވީ، އެ ދެ ބޭފުޅުންގެ ވަށައިގެން ތިބީ ކޮރަޕްޓު އަދި ނާގާބިލު ބޭފުޅުން ކަމަށެވެ.
އެއީ އެ މީހުންގެ ކިބައިން ވެރިންނަށް މަންފާތަކެއް ލިބޭތީ ކުރައްވާ ކަމެއް ކަމަށް ސިފަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، އެންމެ ގާތް ބޭފުޅުންނަކީ ކޮރަޕްޓު ބަޔަކަށް ވެއްޖެނަމަ، ރައްޔިތުން ވެރިންނަށް ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.
އަދި މި ސަރުކާރުގެ ބައެއް ބޭފުޅުންނާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާމެދު ފިޔަވަޅު ނާޅާ އޮތުމަކީ، އެ މުއާމަލާތްތަކުން ވެރިންނަށް ވެސް ރާހަތު ލިބެމުންދާތީ ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު