ދަޢުލާތުގެ މާލީ ވަޒީރުގެ މަގާމަށް މިމަހުގެ 8 ވަނަ ދުުވަހު އައްޔަން ކުރެއްވި ހަސަން ޒަރީރަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ޒަރީރަކީ މި ސަރުކާރުގެ ތިން ވަނަ މާލީ ވަޒީރެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރަކީ ޑރ. މުހައްމަދު ޝަފީގެވެ. އޭގެފަހުން ދެން އެ މަގާމު އަދާކުރެއްވީ މޫސާ ޒަމީރެވެ. ނަމަވެސް، މިދިޔަ މަހުގެ 8 ވަނަ ދުވަހު ކުއްލި ގޮތަކަށް މޫސާ ޒަމީރު މާލީ ވަޒީރުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ވަނީ ހަމަ އެދުވަހު މާލީ ވަޒީރުކަމުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަންކުރައްވައި، އެލްޖީއޭގެ އެންމެ އިސްވެރިޔާގެ ޒިންމާވެސް ހަވާލުކުރަށްވާފައެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ވޯޓު ގަޑީގައި ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޙަސަން ޒަރީރު މާލީ ވަޒީރުގެ މަގާމަށް އައްޔަން ކުރަން 49 މެންބަރުން ރުހުން ދެއްވާފައިވެއެވެ.
ޙަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޓެކްސް ކޮމިޝަނަރަކަށް އައްޔަނު ކުރެއްވުމުގެ ކުރިން ޙަސަން ޒަރީރު ވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަޤާމު އަދާކުރަށްވާފައެވެ.
އޭގެ އިތުރުން ބެންކް އޮފް މޯލްޑިވްސްގެ ޗެއަރޕަރސަންގެ މަޤާމު 7 މާރިޗު 2024 އިން 23 މެއި 2024 އަށް އަދާކުރަށްވާފައިވެއެވެ. ޒަރީރު މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުވެސް އަދާކުރަށްވާފައިވެއެވެ.
ޙަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާޞިލްކުރަށްވާފައެވެ. އޭގެ އިތުރުން ޙަސަން ޒަރީރު ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފް.ސީ.އެމް.އޭ، ސީ.ޖީ.އެމް.އޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލްކުރަށްވާފައެވެ.

COD
QAT
CAN
ކިޔުންތެރިންގެ ހިޔާލު