މާލެ އަދި ރ. ދުވާފަރުގައި ފުލުހުން ހިންގި ވަކިވަކި އޮޕަރޭޝަންތަކެއްގައި، ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު އަދި ދުވާފަރުން މީހަކު ހައްޔަރުކޮށްފިއެވެ.
މާލޭގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގ. މޫންލައިޓްވިޔު، މުޙައްމަދު ޢުމައިރު (58އ) އާއި ލ. ދަނބިދޫ، ގުލްއަލާގެ، މާޝާ އިބްރާހީމް (38އ) އެވެ.
ފުލުހުން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، އެ ތަނުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، ރ. ދުވާފަރުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޖޫން 23 ވަނަ ދުވަހު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށު މާވެލި، މާޢިޝް އަޙްމަދު (21އ) އެވެ. އޭނާ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 75 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
މި ދެ މައްސަލަވެސް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު