‘އިޒްރޭލުގެ’ ރައީސް އިސާކް ހާޒޯގް ދަތުރުކުރެއްވި ހެލިކޮޕްޓަރު ދޫންޏެއް ޖެހުމުގެ ސަބަބުން ކުއްލި ގޮތަކަށް ޖައްސަން މަޖުބޫރުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ހާޒޯގް ޖެރޫސަލަމްގެ މައުންޓް ހާޒަލްގައި ބޭއްވި ހަނދާނީ ރަސްމިއްޔާތަކަށް ފަހު، އެހެން ރަސްމީ ކަމަކަށް ދަތުރުކުރައްވަމުން ދިޔަ މަގުމަތީގަ އެވެ.
‘އިޒްރޭލުގެ’ އަސްކަރިއްޔާއިން ބުނި ގޮތުގައި، ހެލިކޮޕްޓަރުގައި ދޫނިތަކެއް ޖެހުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހެލިކޮޕްޓަރު ވަނީ މެދުތެރޭ ‘އިޒްރޭލުގައި’ ހުންނަ ޕަލްމާޗިމް ވައިގެ ބޭހަށް ޖައްސާފަ އެވެ.
މި ހާދިސާގައި ރައީސް ހާޒޯގް އަށާއި ހެލިކޮޕްޓަރުގެ ކުރޫއިންނަށް އަދި އެހެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ހެލިކޮޕްޓަރަށް ވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާއަށް ފަހު، ރައީސް ހާޒޯގް ވަނީ އެހެން އަސްކަރީ ހެލިކޮޕްޓަރަކަށް ބަދަލުވެ، އެމަނިކުފާނުގެ ދަތުރުފުޅު ކުރިއަށް ގެންގޮސްފަ އެވެ.

SWE
NED
ކިޔުންތެރިންގެ ހިޔާލު