ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ މަސައްކަތުގެ އެންމެ ފަހު މަރުހަލާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހާމަކުރައްވައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ (ޕާފޯމަންސް އިވެލުއޭޝަން) މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ބައެއް މުއައްސަސާތަކުގެ މިފަދަ ދިރާސާތައް އެއްކޮށް ނިމިފައިވާއިރު، ދެން އޮތީ އެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަމަލީ ފިޔަވަޅު އެޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހީ މަސައްކަތުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިދާރާތަކަށް ކޮންމެހެން ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންގަނޑެއްގައި ހިފެހެއްޓުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) އޮނިގަނޑުން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި އުނިކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރަކަށް ދަށްކުރުމަށް ކުރާ މަސައްކަތުގެ ތަފްސީލީ މައުލޫމާތުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ސަރުކާރާއި ކުންފުނިތަކުގެ އޮނިގަނޑު ހަރުދަނާކޮށް ކުޑަކުރުމަކީ މީގެ ކުރިން އެންމެ އެދެވޭ ގޮތެއްގައި ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ. ދައުލަތުގެ ކަންކަން އިސްލާހުކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދާ އިވެލުއޭޝަން މަރުހަލާ ނިމުމާއެކު، މުވައްޒަފުންގެ ފެންވަރަށް ބަލައި (ޕާފޯމަންސް ބޭސްޑްކޮށް) މުވައްޒަފުން މަދުކުރުމުގެ އަމަލީ މަސައްކަތް ވަގުތުން ފައްޓަވާނެ ކަމަށެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު