ހުޅުމާލޭގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫން އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ބަނގުރަލުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި މި އޮޕަރޭޝަންގައި، އެ މީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، ވިއްކުމަށް ތައްޔާރުކޮށްފައި ހުރި ކަމަށް ބެލެވޭ 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އަލް ނޫމާން (31އ) ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން (20އ) 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު