އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު
އައްޑޫ ސިޓީގައި ކޮންވެންޝަން ޓޫރިޒަމް ތައާރަފްކޮށް، އެ ސިޓީއަކީ އެފަދަ ހަރަކާތްތަކަށް ފައްކާވެފައިވާ ތަނަކަށް ހެދުމަކީ މިއަދުވެސް އެންމެ ބުއްދިވެރި ގޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީއާ މެދު އަބަދުވެސް ގެންގުޅުއްވި ތަސައްވުރަކީ އައްޑޫ ކޮންވެންޝަން ސެންޓަރާއެކު، އެތަނާ އިންވެގެން ހޮޓަލެއް ތަރައްގީކުރުމަށް ޓެންޑަރަށް ހުޅުވާލައި، ކޮންވެންޝަން ޓޫރިޒަމަށް އައްޑޫ ފައްކާކުރުމެވެ.

"އަދިވެސް އަޅުގަނޑުގެ ވިސްނުމުގައި ކޮންވެންޝަން ޓޫރިޒަމަށް އައްޑޫ ތައާރަފްކުރުން ބުއްދިވެރި، އެކަމުން އެކަށީގެންވާ ފައިދާ ނެރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ޚާއްސަކޮށްގެން ބިނާކުރި އިކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަކީ އޭރު ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރި ތަނެކެވެ. ނަމަވެސް ފަހުން އެ ތަން ވަނީ އައްޑޫ އިކުއޭޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އައްޑޫގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ތަފާތު މޮޑެލްތައް ތައާރަފްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، ނަޝީދު އިތުރަށް ވިދާޅުވީ ކޮންވެންޝަން ޓޫރިޒަމްގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު