އިނގިރޭސިން ދަތުރުކުރުމަށް ލުއި ދޭ "ޓްރެވަލް ކޮރިޑޯ" ލިސްޓުގައި ރާއްޖެ ހިމަނާފައިވާކަން އިނގިރޭސި ފޮރިން އޮފީހުން އިޢުލާނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއާއެކު ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން އަންނަ އާދިއްތަ ދުވަހުން ފެށިގެން 14 ދުވަހަށް ކަރަންޓީން ވާކަށް ވެސް ނުޖެހޭނެއެވެ.
މިކަމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލް ކަމުގައި ހެދުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ފައެވެ. އަދި ޚާއްސަ ގޮތެއްގައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާރިޖީ ވުޒާރާގެ ޓީމުން ކުރާ މަސައްކަތްތަކަށްޓަކައި މިނިސްޓަރ ވަނީ "ޓީމް ޚާރިޖީ" އަށް ޝުކުރުއަދާކުރަށްވާފައެވެ.
Thanks to health teams, related government authorities, travel and tourism partners and the whole community for your continued dedication to make the #Maldives one of the safest destinations in the world.#TogetherWeCan#VisitMaldivesNow@visitmaldiveshttps://t.co/vpxMDD0Lxr
— Abdulla Mausoom (@Mausoom_Maus) October 22, 2020
އިނގިރޭސިން ދަތުރުކުރުން އަމާން މަންޒިލެއްގެ ގޮތުގައި ދިވެހި ރާއްޖެ ކަނޑައެޅުމާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ކެރޮން ރޮސްލާ ވިދާޅުވީ، މިއީ ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް އަލުން ކޮޅަށް ޖެހުމަށް މިނިސްޓަރު މައުސޫމް ކުރަށްވާ ބުރަ މަސައްކަތްތަކަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.
And thank you, Minister @Mausoom_Maus for the constructive approach to getting tourism back on track. Terrific effort across many agencies & professions to get us to this point. 👍🙏 https://t.co/XAwm0QJ3pp
— Caron Rohsler (@caron_rohsler) October 22, 2020
އިނގިރޭސި ވިލާތުގެ މި ނިންމުމާ ގުޅިގެން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޤުދުރަތީގޮތުން ރާއްޖޭގެ ރަށްތަކަކީ ދުރުދުރުގައި ވަކިވަކިން އޮންނަ ޖަޒީރާ ރަށްތަކަކަށް ވުމާއެކު ރާއްޖެއަކީ ފަތުރުވެރިކަމަށް އެންމެ ރައްކާތެރި މަންޒިލް ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުގެ ނިންމުމަށް ޝުކުރު އަދާކުރަށްވައި ޝާހިދު ވަނީ އިނގިރޭސި ވިލާތުގެ އިތުރު ފަތުރުވެރިންނަށް މަރުޙަބާ ކިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.
It is my utmost pleasure to welcome this decision by the UK govt to include Maldives in its #TravelCorridors list. Naturally socially distanced islands allow the Maldives to be a safe & tranquil destination for all. We look forward to welcoming many more tourists from the UK. https://t.co/UW3N7Nidpo
— Abdulla Shahid (@abdulla_shahid) October 22, 2020
އިނގިރޭސިވިލާތުގެ ޓްރެވަލް ކޮރިޑޯ ލިސްޓުން ރާއްޖެއަށް ޖާގަ ލިބިފައިވާ އިރު، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލްގެ ސޭފް ޓޫރިޒަމް ސްޓޭމްޕް ވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ އަލުން ހުޅުވާލި ފަހުން އިނގިރޭސިވިލާތުގެ 2،605 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިމަހުގެ ފުރަތަމަ 15 ދުވަހު އެޤައުމުގެ 525 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރ ހުޅުވާލި ފަހުން މިމަހުގެ 21 ގެ ނިޔަލަށް 31801 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު