ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި، ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާގައި، ދިފާއީ ހެކިން ދަށު ކޯޓުގައި ދިން ހެކިބަހަކީ ދޮގު ހެކިބަހެއްކަން ސާބިތުކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ހުށަހެޅި ހެކިތަކަކާ ގުޅޭ މައްސަލައެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި މި ހެކިތައް ކްރިމިނަލް ކޯޓުން ކުރިން ބަލައިގަތް ނަމަވެސް، ހައިކޯޓުން ފަހުން ނިންމާފައިވަނީ އެ ހެކިތައް ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައި ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު ފާހަގަކުރެއްވި ގޮތުގައި، ޖިނާއީ މައްސަލަތަކުގައި ދައުލަތަކީ ހުރިހާ ވަސީލަތްތަކަކާއި ބާރުވެރިކަމެއް ލިބިގެންވާ ފަރާތެކެވެ. އެހެންކަމުން، އަމިއްލަ ފަރުދުންނާ ދެކޮޅަށް ދައުވާކުރާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ދައުލަތުންނެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ، ދައުލަތުން މައްސަލަ ސާބިތުކުރުމުގައި ހަދާ އިޖުރާއީ ގޯސްތަކަށް ފަރުވާ ދިނުމަކީ ކޯޓުތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ޝަރީއަތް ހިންގުމުގައި ގެންގުޅެންޖެހޭ ހަމަހަމަކަމުގެ އުސޫލާ ޚިލާފު ކަމެއްކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ހައިކޯޓުގައި ދައުލަތުން ފާހަގަނުކުރާ އާ ނުކުތާތަކެއް ސުޕްރީމް ކޯޓުގައި ދެއްކި ނަމަވެސް، އެކަން އެގޮތަށް ކުރަންޖެހޭ ފަދަ އިސްތިސްނާ ހާލަތެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.
އާރަށުގެ މައްސަލާގައި 25 ޑިސެންބަރު 2022 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ރ. ފުއްގިރި މައްސަލާގައި ދައުލަތުން ދައުވާކޮށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާފައިވާ އެސްކްރޯ އެކައުންޓެއްގައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައެއް ވެސް މިހާރު ހައިކޯޓުގައި ދަނީ ހިނގަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު