ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވެ 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
ހަލީމަތު ލަމްހާގެ މައްޗަށް މި ދަޢުވާތައް ސާބިތުވެ، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ލަމްހާގެ މައްޗަށް އިއްވީ ޖުމްލަ 15 އަހަރާއި 4 މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް 15 އަހަރުގެ ޖަލު އަދަބަކާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށަށް 1 މަހާއި 15 ދުވަހުގެ ޖަލު އަދަބެއްގެ އިތުރުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް 3 މަސް ދުވަހުގެ ޖަލު އަދަބެކެވެ.
ނަމަވެސް އޭނާ ޖަލުގައި ހޭދަކޮށްފައިވާ ބަންދުގެ މުއްދަތު ކެނޑުމުން ތަންފީޒުކުރަން ޖެހޭނީ 11 އަހަރާއި 10 މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ. ލަމްހާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅީ ދައުލަތުން އެދުނު ގޮތަށް ކުށުގެ ދަރަޖަތައް މަތި ކުރުމަށް ފަހުގައެވެ.
ކްރިމިނަލް ކޯޓުން ލަމްހާގެ މައްޗަށް ކުރި ހުކުމުގައި ބުނެފައި ވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށާއި، އެކަން މޭރީއަށް އެނގުނު ހިސާބުން ލަމްހާއާ މޭރީއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށެވެ. އަދި މޭރީއަށް ލަމްހާ އިންޒާރު ދީފައިވާކަން ވެސް ހެކިތަކުން އެނގޭ ކަމަށެވެ. މޭރީ މަރާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެދެމަފިރިންގެ ހަތަރު އަހަރުގެ ދަރިފުޅު އެވަގުތު އެގެއިން ގެންގޮސްފައިވަނީ ލަމްހާ ކަމަށްވެސް ހުކުމުގައިވެއެވެ. އަދި މޭރީ މަރުވުމުން ލަމްހާ އެދަރިފުޅު އަނބުރާ ގެއަށް ގެނެސްފައިވާއިރު، މާވިން އެމްބިއުލާންސަށް ގުޅީ ވެސް ލަމްހާ އެގެއިން ނުކުމެގެން ދިޔަފަހުން ކަމަށް ހުކުމުގައިވެއެވެ.
ހަމައެއާއެކު މޭރީގެ ހަށިގަނޑުން ސަކްސިނަލްކޮލިން ކްލޮރައިޑް ޑްރަގް ފެނިފައިވާ ކަމަށާއި، ހޭނައްތާލުމަށް ބޭނުންކުރާ އެ ޑްރަގަކީ ހަމައެކަނި ހޮސްޕިޓަލްތަކަށް ދޫކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ކޮންޓްރޯލްޑް ޑްރަގެއް ކަމަށް ޙުކުމްގައިވެއެވެ. އަދި އެ ޑްރަގް ބޭނުންކޮށްފައިވާ ފުޅިއަކާއި ސިރިންޖުތަކެއް ލަމްހާގެ ގެއިން ވަނީ ފެނިފައިވާތީ، ކުށުގެ އަމަލުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.
ހުކުމުގައި ބުނެފައި ވަނީ މޭރީ މަރާލުމަށްފަހު މާވިންއާއި ލަމްހާ މަސައްކަތް ކޮށްފައި ވަނީ ދަންޖެހުނު ކަމަށް ހެދުމަށެވެ. ނަމަވެސް މޭރީ މަރުވެފައި ވަނީ ބޮލަށާއި ކަރަށް ލިބުނު އަނިޔާތަކުން ކަމަށް މެޑިކަލް ރިޕޯޓުތަކުން ސާބިތުވާ ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. ފުރަތަމަ މާވިން ބުނީ މޭރީ ދަންޖެހިގެން މަރުވީ ކަމަށެވެ. މޭރީގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވައި އޭގެ ފަހުން ފިލިޕީންސްގައި ހުންނަ އާއިލާއާ ހަވާލުކުރީ 7 ނޮވެމްބަރު 2021 ގައެވެ. އޮޓޮޕްސީ ރިޕޯޓުގައި މޭރީ މަރުވީ ކަރާއި ބޮލަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން ކަމަށް ދައްކައެވެ. އަދި މޭރީގެ ލޭގައި ސަކްސިނައިލްކޮލީން ހުރި ކަމަށް ފާހަގަކުރެވިފައިވެއެވެ. އެ ބޭހުގެ ބޭނުންކޮށްފައިވާ އިންޖެކްޝަނެއް ލަމްހާގެ ގެއިން ފެނިފައިވެއެވެ.
މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު