ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ (ޑަބްލިއު.އެމް.އޯ) އިން އިންޒާރުދޭ ގޮތުގައި، 'އެލް ނީނޯ'ގެ އަސަރު ގަދަވަމުންދާތީ ކުރިއަށް އޮތް ތަނުގައި ހޫނުގަދަވުމާއި، ހަނަފަސްކަމާއި، އަދި ބޯކޮށް ވާރޭވެހުން ފަދަ ނުރައްކާތެރި މޫސުމީ ހާދިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.
މި މޫސުމީ ފޮނުވަތްތައް ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަރަށް ބާރަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އާންމުކޮށް ނޮވެމްބަރު މަހާއި ފެބްރުއަރީ މަހާ ދެމެދު އެންމެ ބޮޑަށް އިހުސާސް ކުރެވޭ ކަމެކެވެ.
މި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، އދ. އިން ވަނީ ސަރުކާރުތަކާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކަށް ތައްޔާރުވުމަށް ގޮވާލައި، މޫސުމީ މައުލޫމާތާއި ކުރިއާލައި އިންޒާރުދޭ ނިޒާމުތައް ހަރަކާތްތެރިކޮށްފައެވެ.
ޑަބްލިއު.އެމް.އޯގެ ސެކްރެޓަރީ ޖެނެރަލް ސެލެސްޓޭ ސައުލޯ ވިދާޅުވި ގޮތުގައި، މި ފިޔަވަޅުތަކަކީ ފުރާނަތައް ސަލާމަތް ކުރުމަށާއި، އިގްތިސާދަށާއި މުޖުތަމައުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
އެލް ނީނޯއަކީ ޕެސިފިކް ކަނޑުގެ ހޫނުމިން މަތިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގެ މިސްރާބާއި ޕްރެޝަރު އަދި ވާރޭވެހޭ މިންވަރަށް ބަދަލު ގެންނަ ގުދުރަތީ މޫސުމީ ކަމެކެވެ.
އާންމުކޮށް ކޮންމެ ދެ އަހަރުން ހަތް އަހަރުން އެއްފަހަރު 9 އިން 12 މަހުގެ މުއްދަތަށް ދެމިގެންދާ މި ހާދިސާގެ ސަބަބުން މިދިޔަ އަހަރުތަކުގައި ދުނިޔޭގެ ހޫނުމިން ރެކޯޑު މިންވަރަކަށް މަތިވެފައިވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު