ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މަސްތުވާތަކެތި އަލުން މުޖުތަމައުގެ ތެރެއަށް ދޫވެގެން ދިއުމުގެ ނޭދެވޭ އަމަލުތަކެއް މީގެ ކުރިން ފުލުހުންގެ ތެރޭގައި ހިނގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ފުލުހުންގެ އިދާރާ ދިރާސާކުރެއްވި އިރު، މަސްތުވާތަކެތި މަނާކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި އެކި ކަހަލަ ނުފޫޒުތައް އޮތްކަން ފާހަގަކުރެވުނު ކަމަށެވެ.
ނަމަވެސް، މިހާރު ފުލުހުންގެ ތެރޭގައި ހުރި އެފަދަ ނޭދެވޭ ނުފޫޒުތަކާއި ކޮރަޕްޝަނުގެ އަމަލުތައް މުޅިން ނައްތާލެވިފައިވާ ކަމަށް ރައީސް ޔަގީންކަން ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު ފުލުހުންގެ ތެރެއިން އެފަދަ ކަންކަން ހިނގާ ވާހަކަ އަޑުއިވުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ފިޔަވަޅު އަޅައިގެން ހައްލުކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މި މައްސަލައިގެ އަސްލު ސަބަބުތައް (ރޫޓްކޯޒް) ދެނެގަނެ، ވަށާޖެހޭ ހައްލެއް ހޯދުން ކަމަށެވެ. މިގޮތުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، އަބުރުވެރި، ބިނާކުރަނިވި ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މިކަމުގެ އަސްލު ސަބަބުތައް ހޯދައި، އެކަންކަމަށް ފަރުވާދެވިގެން ކަމުގައި ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު