މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ އަދަދު 72 އަށް އަރާފައިވާ ކަމަށާއި، މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މި ބަލީގެ ފަހުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޑރ. ފައިސަލް ވިދާޅުވީ، ބަލިޖެހުނު 72 މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު ކުޑަކުދިން ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް، މި ބަލި އެންމެ ގިނައިން ޖެހިފައިވަނީ ވެކްސިން ފުރިހަމަނުކުރާ މީހުންނަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ފައިސަލް ވިދާޅުވި ގޮތުގައި، ހިމަބިހި ފެތުރުމުގެ ފުރުސަތު ބޮޑީ ވެކްސިން ނުޖަހާ އުޅޭ އާބާދީގެ ތެރޭގައެވެ. އެހެންކަމުން، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުން، ވީ އެންމެ އަވަހަކަށް ވެކްސިން ޖަހައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.
މާލެ ސަރަހައްދުން ބަލީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން ފުރަތަމަ އިސްކަންދީފައިވަނީ ސިއްހީ ހިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ޔޫޕީއެޗްސީސީން ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހެނދުނު 08:30 އިން 15:00 އަށް ވެކްސިން ޖަހައިދޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލުން އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 11:00 އަށް، އަދި ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 އިން 15:00 އަށް މި ހިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން ސެނަހިޔާ ހޮސްޕިޓަލުން ރަސްމީ ދުވަސްތަކުގެ ހެނދުނު 10:00 އިން 16:00 އަށް އަދި ވިލިމާލެ ހޮސްޕިޓަލުން މެންދުރުފަހު 13:30 އިން 15:30 އަށް ވެކްސިން ޖެހޭނެއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްހީ މަރުކަޒުން އިއުލާން ކުރަމުންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. އަދި ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އަންގާފައެވެ. ބަލިޖެހިފައިވާކަން ޔަގީންވާނަމަ ނުވަތަ ޝައްކުކުރެވޭނަމަ، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށާއި، ކުޑަކުދިން ސްކޫލަށް ނުފޮނުވައި އެކަހެރިވެގެން ތިބުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު