ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން
ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މަސައްކަތްތައް އާންމުންނަށް ޕްރޮމޯޓްކޮށް، އެ ވުޒާރާގެ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި ޕަބްލިކް ރިލޭޝަންސް (ޕީއާރް) މަސައްކަތްތަކެއް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ކުރި އިއުލާނަކީ، މި ސަރުކާރުގެ ސިޔާސަތުތަކުގައި ހުރި ހަރުދަނާކަން ކުޑަކަން ފޮރުވުމަށް ކުރާ ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ބައެއް ސިޔާސަތުތައް ފަރުމާކޮށްފައިވަނީ އެކަށީގެންވާ ދިރާސާތަކެއް ކުރުމެއް ނެތި ކަމަށެވެ.

މިސާލެއްގެ ގޮތުން، ޅެމުން ބަލިތަކަށް ފަރުވާ ދިނުން ފަދަ ސިޔާސަތުތައް އޭނާ ފާހަގަކުރެއްވި އެވެ. މިފަދަ ހަމަނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ވުޒާރާގެ އަގު ވެއްޓި، އާންމުންގެ މެދުގައި އެ ވުޒާރާގެ ނަން ކިލަނބުވެފައިވާ ކަމަށާއި، މިހާރު ސަރުކާރުން ކުރާ މަސައްކަތަކީ އެ ނުބައި ތަސައްވުރު ބަދަލުކުރުމަށް ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ކޮންމެހެން މޭކަޕް ކުރުމަކުން ނުވަތަ ރީތި ފައުންޑޭޝަނެއް ލުމަކުން އެތަނެއްގެ ހަގީގަތް ނުފޮރުވޭނެ ކަމަށެވެ.

އަދި ވުޒާރާގެ މޫނުމަތި ރީތިކުރަން ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ޕީއާރް މަސައްކަތް ކުރި ނަމަވެސް، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ކަމަށާއި، އޭގެ ބަދަލުގައި ދިވެހި ބަހާއި ސަގާފަތަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު