ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް ވިދާޅުވެފައިވަނީ، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުންނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުﷲ އާއި، މިހާރުވެސް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ހުންނެވި ފާޠިމަތު އަމީޒާ ކަމަށެވެ.
މި މަޤާމަށް ރައީސް އިސްކަން ދެއްވާފައިވާ މުޙައްމަދު ޙަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަނުން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ދެވަނައަށް ނަން ހުށަހެޅުއްވި ފާޠިމަތު އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި ޙަސަން ޒަރީރު، ފިނޭންސް މިނިސްޓަރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްޓަކައި އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ދެ ނަންފުޅު ދިރާސާކުރުމަށްޓަކައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކަމާބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހުން ރުހުން ދޭ ބޭފުޅަކު އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަށްވާނެއެވެ.

ENG
ESP
BEL
ކިޔުންތެރިންގެ ހިޔާލު