މާލޭގެ ގަލޮޅު އަވަށުގައި ހުންނަ ގ. ފުންފަޅު ގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ކުރިއަށްގެންދިޔަ ރިލީފް އޮޕަރޭޝަންގެ ތަފްސީލު ހާމަކުރަމުން އެ އިދާރާއިން ބުނީ، ފުންފަޅު ގޭގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ އިތުރުން، އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓެއްގައި ދިރިއުޅޭ 16 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 10:49 ހާއިރުއެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ އެރޭ 11:48 ހާއިރުއެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި އަލިފާން ރޯވާން ފެށީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ.
މި ހާދިސާގައި ލިބުނު މާލީ ގެއްލުންތަކަށް ބަލާއިރު، އަލިފާން ރޯވި އެޕާޓްމަންޓް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އޭގެ ތެރޭގައި ހުރި ބަންކު ބެޑުތަކާއި، ގޮދަނޑިތަކާއި، ފޮތްތަކުގެ އިތުރުން ހުރިހާ ފަރުނީޗަރެއް ވަނީ އަނދައި ހުލިވެފައެވެ. އަދި މުޅި އިމާރާތުގެ ފެންވައަރިންއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތުގެ ހުރިހާ އެޕާޓްމަންޓަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި 28 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދީފައިވެއެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗުން ފަރުވާ ހޯދި 25 މީހުންނާއި އޭޑީކޭއިން ފަރުވާ ހޯދި 3 މީހުން ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރޭގައި 6 މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.
ހާދިސާ ހިނގި ވަގުތުން ފެށިގެން ސަރުކާރުން ވަނީ ގަލޮޅު މަދަރުސާގައި ވަގުތީ އިވެކުއޭޝަން ސެންޓަރެއް ގާއިމުކޮށްފައެވެ. އެ ސެންޓަރު މެދުވެރިކޮށް 58 މީހަކަށް އަވަސް އެހީ ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި 24 ފިރިހެނުންނާއި، 30 އަންހެނުންގެ އިތުރުން 4 ކުޑަކުދިން ހިމެނެއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލީ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތެވެ. އަދި އަލިފާން ރޯވާން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި އެމްއެންޑީއެފުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.

BEL
EGY
COL
ކިޔުންތެރިންގެ ހިޔާލު