މާލޭ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިންވަރު އިތުރުވެ، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 121 އަށް އަރައިފިއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 އާ ވޭދަނަ (ކޭސް) ވަނީ ފެނިފައެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 121 އަށް އަރާފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް ޖުމްލަ 5،495 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ހުރިހާ ފަރާތްތަކުން ވެސް، އަމިއްލަ ސަލާމަތާއި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ވީ އެންމެ އަވަހަކަށް ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާސްކޮށްފައެވެ.
ބަލި ޖެހިފައިވާ މީހުންނާ ގާތުން ބައްދަލުވެފައިވާ ފަރާތްތަކަށް (ކޮންޓެކްޓުންނަށް) ޚާއްސަ އިސްކަމެއް ދީގެން ވެކްސިން ޖެހޭނެ އިންތިޒާމުތައް މިހާރު ވަނީ ހުޅުމާލޭ ހޮސްޕިޓަލާއި، މާލޭގެ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގައި (ޔޫޕީއެޗްސީސީ) ހަމަޖައްސާފައެވެ. މި ދެ މަރުކަޒުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.
އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ ދަމަނަވެށީގެ އިތުރުން، ހުޅުމާލޭ ހޮސްޕިޓަލް، ސެނަހިޔާ، އަދި ވިލިމާލޭ ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ވެކްސިން ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
ސިއްހީ މާހިރުން ލަފާދެއްވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.

ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ#measles pic.twitter.com/fxHKaS1rVd
— Health Protection Agency (@HPA_MV) July 7, 2026
އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ ދަމަނަވެށީގެ އިތުރުން، ހުޅުމާލޭ ހޮސްޕިޓަލް، ސެނަހިޔާ، އަދި ވިލިމާލޭ ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ވެކްސިން ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ.
ސިއްހީ މާހިރުން ލަފާދެއްވަނީ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.

EGY
ކިޔުންތެރިންގެ ހިޔާލު