މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އާސަންދައިގެ އެހީގައި ރާއްޖޭން ބޭރަށް ފަރުވާ ހޯދަން ފޮނުވާ މީހުންގެ އަދަދު ދަށްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހުރެގެން ފަރުވާ ހޯދޭނެ މަގުތައް ސަރުކާރުން ފަހިކޮށްދިނުމުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު، ނިމިދިޔަ އަހަރުގެ ނިޔަލަށް ބޭރަށް ފޮނުވި މީހުންގެ އަދަދުން 338 މީހުން ވަނީ މަދުވެފައެވެ. ވަކިން ހާއްސަކޮށް، ކެންސަރު ބަލީގެ ފަރުވާ ފިޔަވައި އެހެނިހެން ބަލިތަކަށް ބަލާއިރު، މިދިޔަ އަހަރު ބޭރަށް ފޮނުވި މީހުންގެ އަދަދު 821 އަށް ތިރިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަދުވުން އެހާ ބޮޑަށް ފާހަގަނުވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާތީއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު 1,638 މީހުން ކެންސަރުގެ ފަރުވާއަށް ފޮނުވި ނަމަވެސް، 2024 ވަނަ އަހަރު އެ އަދަދު ވަނީ 1,996 އަށް އުފުލިފައެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 2,000 އިން މައްޗަށް އަރާފައެވެ. މީގެ ތެރޭގައި މުޅިން އަލަށް ބަލި ޖެހިގެން ފޮނުވާ މީހުންނާއި، ތަކުރާރުކޮށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އިތުރުން އަވަށްޓެރި ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް ހިމެނެއެވެ.
"މިއީ ސިއްހީ ހިދުމަތް ފުޅާކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއި ގޮތް ފަހި ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭން ބޭރަށް އާސަންދައިގެ ދަށުން މީހުން ފޮނުވަނީ ރާއްޖޭގައި މިވަގުތު ދެވެން ނެތް ހާއްސަ ފަރުވާތަކަށާއި، ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ނާރުގެ ބަލިތަކާއި ކެންސަރަށް ކަމަށެވެ. މިއީ އިންސާނާގެ ފުރާނައާ ސީދާ ގުޅުންހުރި ކަންކަން ކަމަށްވާތީ، އެފަދަ ފަރުވާތައް ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު