އެޕިސޯޑް 12
................
[އަހަންނަށް ހިއެއްނުވޭ، ޤިސާމާއަށް ރެކިފުތާބެ ބަލަން ކެތްވާނެހެނެއް...މުޅި މީހާ އޮތީ ފުނޑުފުނޑުވެފައި...] މަޖީދު ރެކިފުތާބެ އޮތްގޮތް ސިފަކޮށްދިނެވެ.
[ޝަބާ ދާނަންތަ، ރެކިފުތާބެ މޫނުބަލަން.] ރީޙާން އެއްސެވެ.
[ނުކެރޭނެ...ބައްޕަ ބުނީ ރެކިފުތާބެއަށް އޮތީ ވަރަށް ބޮޑުވަރުވެފައޭ. އަހަންނަށް ލާހިކެއް ނޫން ބަލާކަށް...ރީޙާން ގޮސްލާފައި އާދޭ.] ޝަބާބް މިހެން ބުނީމާ ރީޙާން ހިނގައިގަތެވެ.
އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް، މިހާރު ރީޙާނާއި ޝަބާބްގެ ކައިވެންޏަށް އަހަރު ފުރިގެން ދެވަނަ އަހަރާ ކުރިމަތިލައިފިއެވެ. މިހާރު ރީޙާންމެންގޭ ތެރޭގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރީޙާން ކުއްޖަކު ހޯދުމާ މެދުގައެވެ. ކުއްޖަކު ހޯދުމަކީ ފަހަރެއްގައިވެސް ޝަބާބް ބޭނުންވާގޮތެއް ނޫނެވެ. މިހާރު މާމަ ދަރިޔަކު ބޭނުންވާ ވާހަކަ ޝަބާ ގާތު ޤިސާމާވެސް ދައްކައިފިއެވެ. ނަމަވެސް ޝަބާބް ބުނަނީ އަދި މާ އަވަސް ކަމަށާއި، ފަހުންވެސް ކުއްޖަކު ހޯދިދާނޭ ކަމަށެވެ. ޝަބާބް އެންމެ އުފާވަނީ، އޭނާގެ ޚިޔާލަށް ތާއީދުކޮށް ރީޙާންވެސް ކުއްޖަކު ހޯދަން ނޫޅޭތީއެވެ. ނަމަވެސް، މަންމައާއި ބައްޕަގެ ނަޞޭޙަތާއެކު، މިހާރު ރީޙާންގެ ޚިޔާލު ބަދަލުވެއްޖެއެވެ.
[އަވަހަށް ކުއްޖަކު ހޯދަން އަހަރެންވެސް ނިންމައިފިން.] ރީޙާންގެ މި ޖުމްލައިން ޝަބާބްގެ ދެލޯބޮޑުވިއެވެ. އޭނާ ދިޔައީ ވަރަށް ބޮޑަށް ސިހިގެނެވެ. ހީވާކަހަލައެވެ. އޭނާޔަށް ކުދިން ނުލިބެނީއެވެ. ނުވަތަ އޭނަޔާއި ރީޙާނަށް ކުއްޖަކު ލިބިދާނޭ ކަމަށް އޭނާޔަށް ޤަބޫލު ނުކުރެވެނީއެވެ.
[ކުއްޖަކު ހޯދަން އަދި މާ އަވަހެއް ނޫންތަ؟ އަދި ދެތިން އަހަރު ފަހުން ކުއްޖަކު ހޯދަން އަހަންނަށް ފެންނަނީ.] ޝަބާބް ބުންޏެވެ. ނަމަވެސް، އެކަމަށް ރީޙާން އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވަނީ، ޒުވާން ޢުމުރުގައި ކުއްޖަކު ހޯދައި ބޮޑުކުރާށެވެ.
[ނޫނޭ، މިހާރު ކައިވެންޏަށް އަހަރު ފުރިއްޖެ. މިހާރު މަންމައާއި ބައްޕަވެސް އެތިބެނީ އަހަންނަށް ކުއްޖަކު ލިބުމުގެ އިންތިޒާރުގައި.] ރީޙާން މިހެން ބުނެފައި، ޝަބާބާ ކައިރިއަށް ޖެހިލިއެވެ. ކުއްޖަކު ހޯދުމަށް ޝަބާބްވެސް އެރޭ އެންމެފަހުން އެއްބަސްވިއެވެ. ހިތާދެކޮޅަށެވެ. ކުއްޖަކު ވިހެއުމަކީ ޙަޤީޤަތުގައި އޭނާ ވަރަށް ޖެހިލުންވާ ކަމެކެވެ. ވެދާނެއެވެ. އޭނާ ރީޙާނަށް ދަރިޔަކު ވިހާނަމަ، އެ ވިހާ ކުއްޖެއްގެ ސަބަބުން އޭނާގެ ލޯބިވެތި ދިރިއުޅުމުގައި ހުއްޓުމެއް ޖެހިދާނެތީ، އޭނާ ފަސްޖެހެނީއެވެ.
[ޝަބާ ހިތްހަމަނުޖެހިފައި ހުރެތަ، ތި އެއްބަސްވީ...ޝަބާއަށް ކުއްޖަކު ބެލިދާނެހެން ހީނުވަނީތަ؟] ރީޙާން ޝަބާ އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު މަސްތީ އަސަރުތަކަކާއެކު އޭނާވެސް އެނދާ ދިމާއަށް ތިރިވެއްޖެއެވެ.
އެރޭގެފަހުން ފާއިތުވެދާން ފެށީ ރީޙާން ދަރިޔަކަށް އެދި އިންތިޒާރު ކުރުމުގެ ދުވަސްތަކެވެ. އޭގެފަހުން ހަތަރު ފަސްމަސް ފާއިތުވެ ދިޔައިރުވެސް ޝަބާބް ބަލިވެއިނުމުގެ އެއްވެސް ނިޝާންތަކެއް ނުފެނެއެވެ. އެހެންވުމުގެ ސަބަބުން ކޮންމެ މަހެއްގެވެސް ވަކި ދުވަސްވަރެއްގައި ރީޙާން ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭނާ އެކަންޏެއް ނޫނެވެ. އޭނާގެ މަންމައާއި ބައްޕަވެސް ތިބެނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
[ރީޙާން ފުރަތަމަ ޓެސްޓް ކުރަންވީނު. އަހަންނަށް ހީވަނީ އެކެއްގެ މައްސަލަ އެބަހުރިހެން.] ރީޙާންގެ ރަޙްމަތްތެރިޔާ ހައިޝަމް ރީޙާނަށް ލަފާދިނެވެ.
[މިހާރު އަހަރެންވެސް ނިންމައިފިން ޓެސްޓް ކުރަން. އަޞްލު އެނޫން ގޮތެއް ނެތްތާ.] ރީޙާން ބުންޏެވެ.
[ޝަބާބްވެސް ޓެސްޓްކުރޭ. ވެދާނެ، ޝަބާއަށް ކުދިން ނުލިބެނީ ކަމަށްވެސް...] ހައިޝަމް ބުންޏެވެ.
އެދެމަފިރިންކުރެން އެއްވެސް މީހަކު ޓެސްޓް ކުރުމަކީ ޝަބާބް އެދޭ ކަމެއް ނޫނެވެ. ވުމާއެކު، އެކަން ހުއްޓުވުމަކީ އޭނާގެ މިހާރުގެ ވިސްނުމެވެ.
[ރީޙާން...އުފާކުރޭ...އަހަންނަށް ހީވަނީ އަހަރެން ޕްރެގްހެން.] ޝަބާބް ބަނޑުގައި އަތް ޖައްސާލުމަށްފަހު، އެ އުފާވެރި ޚަބަރު ރީޙާނަށް ދިނެވެ. ލިބުނު އުފަލާއެކު، ރީޙާން ޝަބާބް އުރާލިއެވެ.
[އަހަރެން ވަރަށް އުފާވެއްޖެ.] އެދުވަހު އުފާކުރީ ރީޙާން އެކަންޏެއް ނޫނެވެ. މުޅި އެ ޢާއިލާވެސް ވަރަށް ބޮޑަށް އުފާކުރިއެވެ. ނަމަވެސް، ޝަބާބް މާބޮޑަށް އުފާވެފައި ހުންނަ ފާޑެއް ނުޖަހައެވެ. އޭނާ ހީވަނީ އަބަދުވެސް ކޮންމެވެސް ފިކުރެއްގައި ހުންނަހެންނެވެ.
[މާދަމާވާނެ ހޮސްޕިޓަލަށް ގޮސް ޓެސްޓް ހަދަން. އޭރުން އަދި ޔަޤީންވާނީ...ރިޔާ ކޮއްކޮއާއެކު ޝަބާދޭ. ބޭނުމިއްޔާ އަހަރެންވެސް ހިނގައިދާނަން. އެކަމަކު ބުނަން، ވަގުތުން އަހަންނަށް ގުޅަންވާނެ.] ރީޙާން ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.
[ރީޙާން ވަޒީފާއަށްދޭ....އަހަރެން ޑޮކްޓަރަށް ދައްކަފާނަން.] ޝަބާބް ބުންޏެވެ.
ޖެހިގެން އައި ދުވަހު ޝަބާބް ހޮސްޕިޓަލަށް ދިޔައެވެ. އެކަންޏެވެ. ޙަޤީޤަތުގައި އޭނާ ކޮންމެހެން ޑޮކްޓަރަށް ދެއްކީ، އޭނާ ބަލިވެއިނދެދާނެ ކަމަށް ވިސްނާފައެއް ނޫނެވެ. ނަމަވެސް، ޓެސްޓްގެ ނަތީޖާއާއެކު، އަންހެނުންގެ ޚާއްޞަ ޑޮކްޓަރު ބުނި ޖުމްލައިން އޭނާގެ ދެލޯ ބޮޑުވިއެވެ. އޭނާޔަށް ހީވީ އޭނާޔާއެކު ދުނިޔެވެސް އެނބުރިގަތީހެނެވެ.
[ޔޫ އަރ ޕްރެގްނެންޓް.] އަންހެނުންގެ ޚާއްޞަ ޑޮކްޓަރު ރޭމަތީ ހިތުން ޝަބާބަށް އުފާވެރި ޚަބަރު ދިނެވެ.
[އޭނ...ނޫން...] ޝަބާބަށް ބަނޑުގައި އަތް ކާއްތާލެވުނެވެ. ޝަބާބްގެ ބަނޑަށް ހަ ހަފްތާ ކަމަށާއި އަދި ހަތަރު ހަފްތާފަހުން ސްކޭން ކުރަން ބޭނުންވާ ކަމުގައިވެސް ޑޮކްޓަރު އެވަގުތު ބުންޏެވެ. ޑޮކްޓަރުގެ މި ޖުމްލަތަކުން ޝަބާބްގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ.
މިހާރު އޭނާގެ ލޯމަތިން ސިފަވަމުންދާފަދައެވެ. އޭނާގެ ލޯބި އޭނާގެ އަތުން ބީވެގެންދަނީއެވެ. އެ ލޯތްބަށްޓަކައި އޭނާ މަޢާފަށް އެދި އާދޭސް ކުރަމުންދަނީއެވެ. ނަމަވެސް، އެ ލޯބި ފަސްއެނބުރި ބަލައިވެސްނުލައެވެ.
[ދިގު އިންތިޒާރަކަށް ނިމުން އަންނާތީ ޝަބާ އުފަލެއްވެސް ނުވޭތަ؟ މިއަދު އަހަރެން މިހުންނަނީ ވަރަށް އުފާވެފައި.] ރީޙާން ޝަބާބްގެ ބަނޑުގައި އަތް ކާއްތާލިއެވެ.
[އުހުނ، ވަރަށް އުފާވޭ. އެކަމަކު ހިތަށްއަރަނީ، ލޯބިން އުޅެފައި ކުއްޖަކު ލިބުނީމާ، ރީޙާން އަހަރެން ބާކީކޮށްފާނެޔޭ.....އެހެން ވެއްޖެނަމަ، އަހަރެން ވަރަށް ނިކަމެތިވާނެ.] ޝަބާބް އިސްއޮބާލިއެވެ.
[ތިހެން ހިތަށްވެސް އަރުވާކަށް ނުވާނެ. މިހާރަކު އަހަންނަކަށް ޝަބާޔާ ވަކިން އުޅޭކަށް ފަސޭހައެއް ނުވާނެ.] ރީޙާން ޝަބާބްގެ އަތުގައި ހިފާލިއެވެ. އެވަގުތު ރީޙާންގެ ޖީބުގައި އޮތް މޯބައިލް ފޯނު ރިނގްވާން ފެށިއެވެ. ގުޅީ ހައިޝަމެވެ.
[ކީކޭ ހައިޝަމް.....ހައިޝަމް ޝަބާބް ބަނޑުބޮޑު.] ފުރަތަމަވެސް ރީޙާން އޭނާޔަށް ލިބުނު އުފާވެރި ޚަބަރު ރަޙްމަތްތެރިޔާއަށް ދިނެވެ.
[އަޞްލުވެސްތަ...މަރުޙަބާ...އަހަރެންވެސް ވަރަށް އުފާވެއްޖެ. ރީޙާން އަހަރެން މިދަނީ ޝީނާ ބަލައި އެއަރޕޯޓަށް ދާން...]
[ޝީނާ އަންނަނީތަ؟ ދޭ، ދެން މާގިނަ ދުވަސްތަކެއްނުވެ ތިޔަ ކައިވެނިވެސްވާނެތާ...] ރީޙާން ބުންޏެވެ.
[އާނ....ވަރަށް އަވަހަށްވެސް ވެދާނެ. އޭތް ފްލައިޓް ޖައްސާ ގަޑި ޖެހެނީ...ދެން ބާއްވަނީ.] ހައިޝަމް ފޯނު ބޭއްވިއެވެ.
ހައިޝަމަށް ގަމަށް ދެވުނުއިރު، ފްލައިޓް ޖައްސައިފިއެވެ. ނަމަވެސް، އޭރު އަދި އެއްވެސް ބަޔަކު ނުނިކުމެއެވެ. މީހުންތައް ނިކުންނަން ފެށީ ހައިޝަމް އިންތިޒާރުގައި ހުންނަތާ އިރުކޮޅެއްގެ ފަހުންނެވެ. މީހުންތައް ޓްރޮލީ ކޮއްޕަމުން ނިކުންނަން ފަށައިފިއެވެ. ޝީނާ ނިކުމޭތޯ ދެލޯ ބޮޑުކޮށްގެން ހުރި ހައިޝަމް ޙައިރާންވެ ތައްމިނަށް އަނގަ ހުޅުވުނީ، ފިރިހެނެއްގެ އަތުގައި ހިފައިގެން ނިކުތް އަންހެނަކު ފެނުނީމައެވެ.
[ޝަބާބް...!؟] ހައިޝަމަށް ހިތާހިތާ ކިޔާލެވުނެވެ. އެއީ ހަމަ ޝަބާބެވެ. އެއްވެސް ތަފާތެއް ނެތެވެ. ވަގުތުން ހައިޝަމް ރީޙާނަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު ރީޙާންގެ ފޯނު އޮތީ ނިވާލާފައެވެ.
[ޝަބާބް..އެއީ ހަމަ ޝަބާބް...ކިހިނެއްބާ މިވަނީ؟] ހައިޝަމް މި ޚިޔާލުގައި ހުއްޓާ ޝީނާވެސް ނިކުމެގެން އައިސް އޭނާޔާ އަރާހަމަކޮށްފިއެވެ.
[ޝީނާ...އެދާ ކުއްޖާ އެއްވެސްވަރަކަށް ދަންނަންތަ؟] ހައިޝަމް ޝަބާބާ ދިމާއަށް އިނގިލި ދިއްކޮށްފައި ބުންޏެވެ.
[ނޭނގެ...އެއީ ކައްދޫ އެއަރޕޯޓުން އެރި ބައެއް.] ޝީނާ ބުންޏެވެ.
[އެހެންތަ...ހިނގާ އަވަހަށް ގެޔަށްދަމާ...] ހައިޝަމް ޝީނާގެ ފޮށްޓާއި ދަބަސް، ރައްޓެއްސެއްގެ ކާރަކަށްލާފައި ފޮނުވާލުމަށްފަހު ސައިކަލަށް އެރިއެވެ.
[އެއީ ހައިޝަމް ދަންނަ ކުއްޖަކީތަ؟] ޝީނާ ސައިކަލްގެ ފަހަތަށް އެރިއެވެ. ހައިޝަމް ސައިކަލް ދުއްވާލިއެވެ.
[އަހަރެންގެ ރައްޓެއްސެއް ނޫން. ރީޙާންގެ އަންހެނުންނާ ވައްތަރުކަމުން. އެއްވެސް ތަފާތެއް ނެތް. ހީވަނީ ޓްވިންސެއްހެން...] ހައިޝަމް ސައިކަލް ދުއްވަމުން ދިޔައީ ޝަބާބާ ވައްތަރު އަންހެން ކުއްޖާ ދަތުރުކުރަމުންދިޔަ ކާރުގެ ފަހަތުންނެވެ.
[އެ ކާރު މަޑުކުރަނީ ކޮން ގެޔަކަށްތޯ ބަލާފަ ދާނީ.] ކާރާ އެއްހަމައެއްގައި ސައިކަލް ދުވެލި ބަހައްޓަން މަސައްކަތް ކުރަމުން ހައިޝަމް ބުންޏެވެ.
ދިގު ދަތުރަކަށްފަހު، އެ ކާރު މަޑުކުރީ، އެންމެ ފުރަތަމަ ރީޙާނާއި ހައިޝަމް، ޝަބާބާ ބައްދަލުކުރުމަށްޓަކައި ދިޔަ ގެޔަށެވެ. ވުމާއެކު، ލިބުނު ޙައިރާންކަމާއެކު ފުރަތަމަ އޭނާ ދިޔައީ ޝީނާ ގެޔަށްލާށެވެ.
އޭނާ ރީޙާންމެންގެޔަށް ދިޔައީ އެއަށްފަހުގައެވެ. އޭނާއަށް ދެވުނުއިރު، ބޮޑު ކޮޓަރީގައި ތިބީ ރީޙާނާއި ޝަބާބް އެކަންޏެވެ.
[ރީޙާން ފޯނު އޮފްކޮށްގެން ކީއްތަ ތިކުރަނީ...ޝަބާބް، ޝަބާބްގެ އެއްމާބަނޑު ކޮއްކޮއެއް ހުރޭތަ؟] ހައިޝަމް މިހެން ބުނީމާ، ޝަބާބް ދިޔައީ ސިއްސައިގެންނެވެ.
[ކިހިނެއްވީ!؟] ޝަބާބް ތެޅިގަތެވެ. ހައިޝަމް ހުރީ ރަނގަޅަށް އޭނާގެ ޙަރަކާތްތަކަށް ސަމާލުވެގެނެވެ.
[އަހަންނަށް ޝަބާބްގެ ޑަބަލް ރޯލް ފެނިއްޖެ. އޭނަ އައީ މިއަދު ފްލައިޓުން....ޝަބާބް ގާތު ބުނެވެސްނުލާދޯ އެއައީ....ކުރިން ޝަބާބްވެސް ހުރި ގެޔަށް އޭނަ ފޭބީ...] ހައިޝަމްގެ ވާހަކަތަކުން ރީޙާން ވަރަށް ބޮޑަށް ޙައިރާންވެއްޖެއެވެ.
[ތެދެއް ޝަބާގެ ޓްވިންސެއް ހުރޭ!؟ ހިނގާ ބައްދަލުކުރަން ދަމާ....] ރީޙާން އެއްސެވެ. ދޭނޭ ޖަވާބަކާމެދު ވިސްނަނީކަންނޭނގެއެވެ. ޝަބާބް އިރުކޮޅެއް ވަންދެން ހިމޭނުން އިނެވެ.
[އާނ...އެކަމަކު ވަރަށް ކުޑައިރު ޖެހުނު މައްސަލައަކާ ގުޅިގެން އަހަރެން އޭނަޔާ ވާހަކަ ނުދައްކަން...އޭނަވެސް ނުދައްކާނެ. އޭނަވެސް ރައްޓެއްސެއްގެ ގާތުގައިވެސް އަހަރެން މީ އުޅޭ މީހެކޭވެސް ނުބުނާނެ. އެހެންވެ އަހަރެންވެސް އަޅައެއްނުލަން.] ޝަބާބް ބުންޏެވެ.
[ތީ ކަމުދާގޮތެއް ނޫން. އަބަދު ދެބެން ތިގޮތަށް ރުޅިއައިސްގެން ތިބޭކަށް ނުވާނެ. ޝަބާތީ ދައްތަ. ޝަބާވާނެ ކޮއްކޮއާ ވާހަކަ ދައްކަން. ހިނގާ އެގެޔަށް ދަމާ...] ރީޙާން ޝަބާބަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ފަހަރެއްގައިވެސް އެއީ ޝަބާ ބޭނުންވާ ގޮތެއް ނޫނެވެ.
[އަހަރެން ބޭނުމެއް ނޫން، އޭނަޔާ ވާހަކަ ދައްކާކަށް. އަހަރެން އައްޑުއަށް ދިރިއުޅުން ބަދަލުކުރީވެސް އޭނަޔަށް ނުފެންނަފަށުގައި އުޅެންވެގެން. އޭނަޔަކީ ކޮއްކޮއަކަށް ވިޔަސް، އޭނަ އަހަންނާ ދޭތެރޭ ކަންތައްކުރީ ވަރަށް އިހާނެތިކޮށް.] ޝަބާބް ފެންކަޅިވިއެވެ.
[އެންމެ ރަނގަޅު....ދެން އަޅާނުލާ...އެއީ ނުދައްކާ ވާހަކައަކަށް ހަދާލާ.] ރީޙާން ޝަބާބާ ދެކޮޅަށް އެއްވެސް ކަމެއް ނިންމާކަށް ބޭނުމެއް ނޫނެވެ.
އެހެންވުމުގެ ސަބަބުން ޝަބާބަށް އޭނާގެ ޒަވާޖުގައި ކުރިއަށް ދެވޭނޭ ކަމުގެ އިތުބާރު އޮވެއެވެ.
[މިހާރު މަންމަމެންވެސް އެތިބެނީ ވަރަށް އުފަލުން. އެކަމަކު....ހިތަށްއަރާ ޝަބާގެ ކޮއްކޮވެސް އެއްކޮށް މިރަށަށް ބަދަލުވީބާއޭ.] ރީޙާން މިހެން ބުނެފައި ތެދުވިއެވެ.
[ރީޙާން އަހަރެން ދަނީއޭ...އަހަރެމެންނަށް އޮޅިގެން ޝަބާބްގެ ކޮއްކޮއާވެސް ވާހަކަ ދެއްކިދާނެ. އޭނަ މިރަށު މީހަކާ އިނީކަންނޭނގެ.] ހަމަގައިމުވެސް ކޮންމެވެސް ފިރިހެނަކާއެކު ދިޔައީ...] ހައިޝަމް ނިކުމެގެން ހިނގައިގަތެވެ.
[އޭނަގެ ވާހަކަ އަހަރެން ގާތު ދައްކާނޭ ކަމެއްނެތް.] ޝަބާބް ބުނެލިއެވެ. އޭރު ހައިޝަމް ހިނގައްޖެއެވެ.
އެދުވަހު ހައިޝަމް ދެން ދިޔައީ އޭނާގެ ލޯބިވެރިޔާ ޝީނާގެ ގެޔަށެވެ. އޭނާ ޝީނާޔާ ލޯބީގެ ގޮތުން ގުޅުނީ، މީގެ ތިން އަހަރު ކުރިންނެވެ. މިހާރު އެދެލޯބިވެރިންގެ ކައިވެންޏަށް ދެފަރާތުގެ ޢާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.
[ކައިވެނި ނުކޮށް އެހާ ގިނަދުވަހު އެކުގައި އުޅޭކަށްނުވާނެ.] ހައިޝަމާއި އޭނާގެ ލޯބިވެރިޔާ ޝީނާ ވާހަކަ ދައްކަން ތިބީ ޝީނާގެ ގޭގައެވެ.
[އަހަންނަށް އަންގާވެސްނުލާ ކައިވެންޏަށް ތައްޔާރުވީދޯ؟] ޝީނާ ހައިޝަމާ ދިމާއަށް ލޯއަޅާލިއެވެ. ސަމާސާ ފާޑަކަށެވެ.
[އަހަރެން އަޞްލު ބޭނުންވީ ޝީނާއަށް ސަޕްރައިޒެއް ދޭން. އެކަމަކު މާކުރިން އެނގިއްޖެތާ...ޙަޤީޤަތުގައި ވަރަށް އުފާވެފައިދޯ ތިހުރީ.] ހައިޝަމް ޝީނާގެ ކޮލުގައި ހިފާލިއެވެ.
[އާނ...ދިގު އިންތިޒާރަކަށް ނިމުން އަންނާތީ އުފާވާނެތާ...ހައިޝަމް އުފަލެއްނުވޭދޯ؟ އަނެއްކާ އަހަރެން މާލޭގައި ހުރި ދުވަސްކޮޅު ބިޓެއް ނެގީތަ؟] ޝީނާ މިހެން ބުނެފައި، ހައިޝަމްގެ މޭގައި ބޯއަޅާލިއެވެ.

ކިޔުންތެރިންގެ ހިޔާލު