ވިލިމާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭ ކަނދޮޅުމާގޯޅި ތެރޭގައި ކަމަށެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:12 އެހައިކަންހާއިރު އެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށްވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރިގޮތުގައި މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 18 އަހަރު، 27 އަހަރު، 31 އަހަރު އަދި 22 އަހަރުގެ ދިވެހި ހަތަރު ފިރިހެނުންނެވެ. މި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއް ނުވެއެެވެ.ނަމަވެސް، ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު