މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިތުރު އިދާރާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު، ހަގީގީ ހައްލަކީ އައު އޮފީހެއް ހެދުންތޯ ނުވަތަ މިހާރު ހުރި ގާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުންތޯ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ސަރުކާރުގެ ސިޔާސަތުތަކަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފުލުހުންނާއި، މާލޭ ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީ އެއް މޭޒެއްގެ ދޮށަށް އެއްވެ، ގާނޫނީ އޮނިގަނޑު ބަލަންޖެހޭ ކަމަށެވެ. އަދި އާންމު ހުރިހާ ރައްޔިތުންގެ ހައްގު އޮތް މަގުމަތިން، ވަކި ބަޔަކަށް އުޅަނދު ޕާކުކުރަން ހިލޭ ޖާގަ ދެވޭނެ އެއްވެސް ގާނޫނެއް އޮތްތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
ޕާކިންގް މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން މޫސަ ވިދާޅުވީ، މަގުތަކުގައި ޕާކްކުރާނެ ތަނާއި މަގުހުރަސް ކުރާނެ ތަނުގެ ކުރެހުންތައް ސާފުކޮށް ފެންނަން ހުންނައިރު، މަގުގެ ދެފަރާތުގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު ފިޔަވަޅު ނާޅަނީ ކީއްވެގެންތޯއެވެ. އަދި ކޮމާޝަލް ވެހިކަލްތަކާއި ބަރު އުޅަނދުފަހަރު ހިތުހުރި ތަނެއްގައި ޕާކު ކުރަމުންދާއިރު، މިހާރުވެސް ހުރި ގަވާއިދުތައް ތަންފީޒު ނުކުރެވޭ މައްސަލައިގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ބިދޭސީން ރާއްޖެ އަންނަ ދުވަހު އަމިލައަށް ވެހިކަލް ދުއްވޭ ގޮތަށް ލައިސަންސް ދޫކުރުމުގެ އުސޫލުތަކާއި، ވެހިކަލް ރަޖިސްޓްރީ ކުރަން ހުއްދަދީފައިވާ ގަރާޖުތަކުގެ ބޭނުން އެހެން ކަންކަމަށް ކުރަމުންދާ މައްސަލަވެސް މޫސަ ފާހަގަކުރެއްވިއެވެ. "ވެހިކަލް ރަޖިސްޓްރީ ކުރަން ހުއްދަދިން ގަރާޖުތަކުގައި ފިހާރައާއި ކޮފީ ކަނޑު ހިންގާއިރު އެތަން ކަމާބެހޭ ފަރާތްތަކަށް ނުފެންނަނީތޯ؟" އޭނާ ސުވާލު ކުރެއްވިއެވެ.
ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ސައިކަލް އެތެރެކުރުމަށް އެއްވެސް ލިމިޓެއް ނެތްއިރު، ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުންވަނީ ކީއްވެގެންތޯއެވެ. އަދި މާލެ ސަރަހައްދުގައި ޖާގަ ނެތްއިރު އެކަކުގެ ނަމުގައި އެތައް ބައިވަރު ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭ މައްސަލައާއި، ވެހިކަލްތަކުގެ ރޯޑްވާދިނަސް ފުލުހުން 24 ގަޑިއިރު ޗެކް ނުކުރާ މައްސަލައަށްވެސް އޭނާ ފާޑުވިދާޅުވިއެވެ.
މޫސަގެ ޕޯސްޓް ނިންމާލައްވަމުން ފާހަގަކުރެއްވީ، ރައީސް އޮފީހާއި، މަޖިލީހާއި، ސިފައިންގެ ފަދަ މުހިންމު އިދާރާތަކުގެ ކުރިމަތީގައި ޕާކް ނުކުރެވޭއިރު، ހޮސްޕިޓަލްތަކާއި، މިސްކިތްތަކާއި، އާންމުންގެ ގޭގެ ކުރިމަތީގައި ޕާކް ކުރުމުން ސަރުކާރުން ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ އަސާސީ މައްސަލަތައް ހައްލުނުކޮށް، އިތުރު އޮފީސްތަކެއް ހެދުމަކުން ވާނެ ފައިދާއެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު