ޣައްޒާގައި ހުއްޓުމެއްނެތި ކުރިއަށްދާ އުދުވާނުގައި އިސްރާއީލު ސިފައިންނަށް ކުރިމަތިވަމުންދާ ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި ގެއްލުންތަކުގެ ސަބަބުން، އެ ގައުމުގެ މެޑިކަލް ނިޒާމު ނުރައްކާތެރި ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ރިޕޯޓުތައް ބުނަންފަށައިފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ނުކުޅެދުންތެރިކަން ލިބޭ ސިފައިންގެ ޖުމްލަ އަދަދު 2028 ވަނަ އަހަރު އަންނަންވާއިރަށް 1 ލައްކައަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިހާރުގެ ހާލަތަށް ބަލާއިރުވެސް، 82,400 އަށްވުރެ ގިނަ ސިފައިން ވަނީ ނުކުޅެދުންތެރިންގެ ދަފްތަރުގައި ހިމެނި ފަރުވާ ހޯދަން ފަށާފައެވެ.
މި ހަނގުރާމައިގައި އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮންމެ މަހަކު އެވްރެޖްކޮށް 1,000 އަށްވުރެ ގިނަ އާ ސިފައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް އިތުރުވަމުން ދިއުމެވެ. މީގެ ސަބަބުން ހޮސްޕިޓަލްތަކުގެ ޖާގަ ފުރި، ސިއްހީ ހިދުމަތްތެރިންނަށް ވަނީ ނުކަތާވަރުގެ ބުރައެއް އުފުލަން ޖެހިފައެވެ.
ޖިސްމާނީ ޒަހަމްތަކަށްވުރެ ބޮޑަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ކަންބޮޑުވަނީ ސިފައިންގެ ތެރޭގައި ނަފްސާނީ ބަލިތައް ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުންދާތީއެވެ. ރަސްމީ އަންދާޒާތަކުން ދައްކާގޮތުގައި، ފަރުވާ ބޭނުންވާ 1 ލައްކަ ސިފައިންގެ ތެރެއިން 50,000 އަށްވުރެ ގިނަ މީހުންނަކީ ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ދާއިމީ ފަރުވާ ބޭނުންވާ މީހުންނެވެ.
ރިހެބިލިޓޭޝަނަށް ވައްދާ ސިފައިންގެ 65 އިންސައްތައަކީ ނަފްސާނީ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ މީހުންކަމަށްވާއިރު، އެކަށީގެންވާ ވަގުތަށް ފަރުވާ ނުލިބުމުގެ ސަބަބުން ސިފައިން އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވަމުންދާކަމަށްވެސް އިސްރާއީލުގެ ރިޕޯޓުތައް ބުނެއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު