ފުލުހުންގެ މުއައްސަސާގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިއަކަށް، ކުރިންވެސް އެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަލުން އައްޔަންކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު އާރިފް މިއަދު ވިދާޅުވީ، ފުލުހުންގެ އިދާރާގެ އޮނިގަނޑަށް މި ފަހުން ގެނައި ބަދަލުތަކުގެ ތެރެއިން ސާމިހު އަލުން އޭނާ ކުރިން ހުންނެވި މަގާމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ތަހުގީގުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސާމިހު އެ މަގާމުން ބަދަލުކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އޭނާ މަގާމުން ބަދަލުކުރީ، 2023 ވަނަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މަރުގެ މައްސަލައިގައި އާންމުންގެ ކަންބޮޑުވުންތަކާ ގުޅިގެން މުޒާހަރާތައް ކުރިއަށް ދަނިކޮށެވެ.
އެ ދުވަސްވަރު ސާމިހު ބަދަލުކުރެވުނީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ދަށުން ހިންގާ އިންވެސްޓިގޭޝަން ކޮލިޓީ ކޮންޓްރޯލް އެންޑް ކޮމްޕްލިއަންސްގެ މަގާމަށެވެ. ނަމަވެސް، އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ސާމިހު އަލުން މަރުގެ މައްސަލަތައް ތަހުގީގުކުރާ ޔުނިޓުގެ ވެރިއަކަށް މި ބަދަލުކުރީ، ފުލުހުންގެ އިސް ސަފަށް އައި ބަދަލުތަކާ ގުޅިގެންނެވެ.
ޚާއްޞަކޮށް، މިދިޔަ ފެބްރުއަރީ މަހު އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔާކުރެއްވުމާ ގުޅިގެން، މުއައްސަސާގެ ހިންގުމަށް ގެނައި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ސާމިހުގެ މި އައްޔަންކުރުން ހިމެނެއެވެ.
މުހައްމަދު ސާމިހަކީ ރާއްޖޭގައި ހިނގާފައިވާ ނުރައްކާތެރި އަދި ބޮޑެތި ގިނަ މަރުގެ މައްސަލަތަކެއް ތަހުގީގު ކުރުމުގައި ތަޖުރިބާކާރު އޮފިސަރެކެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު