ސަރުކާރުން "ރައްޔިތުންގެ އަޑު" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު، މިއީ ގައުމުގެ ހަގީގީ ހާލަތު ފޮރުވުމަށް ކުރާ "ޝޯއެއް" ކަމުގެ ތުހުމަތު ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ހުޅުމާލެއިން ފެށިގެން ރާއްޖޭގެ 93 ދާއިރާއަކަށް މި ޕްރޮގްރާމް ފުޅާކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، ރައްޔިތުން ކުރާ ސުވާލަކީ، ހާމައަށް ފެންނަން ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ނުހޯދައި، އަލުން ޝަކުވާ އަޑުއެހުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
މި ސަރުކާރު އައިފަހުން އެންމެ ބޮޑަށް ބޮއްސުންލައި، ފެއިލްވެފައިވަނީ ގައުމުގެ ސިއްހީ ނިޒާމެވެ. އާސަންދަ ހޯދުމަކީ މިއަދު ރައްޔިތުން އާދޭސްކުރަންޖެހޭ ކަމަކަށް ވެފައިވާއިރު، ވެލްފެއަރ އެހީއަށް އެދުމުން އެކަން ހަމަޖެހެން ނެތް ކަމަށް ބުނެ ރައްޔިތުން ބާކީކޮށްލުމަކީ އާންމު ކަމެކެވެ. ސިއްހީ ނިޒާމުގެ ހާލަތު ހުރި ގޮތުން، ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ދައްކާލުމަށްޓަކައި 2 މަސް ނުވަތަ 3 މަސް ދުވަހުގެ ދިގު ކިއުއެއްގައި ތިބެންޖެހުމަކީ ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވެ، ފުރާނައަށް ނުރައްކާވާ ފަދަ އިހުމާލެކެވެ. މިއީ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިހުމާލުވެ، ނިޒާމު މުޅިން ފެއިލްވެފައިވާކަމުގެ ދިރިހުރި ހެއްކެކެވެ.
އިގްތިސާދީ ހާލަތުވެސް އޮތީ ހަމަ މިފަދަ ނާޒުކު ފައްތަރެއްގައެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުން ކަންތައްވީ އޭގެ އިދިކޮޅަށެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް އަރައި، ވިޔަފާރިވެރިންނާއި އާންމުން ބިކަވެފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކުން ރައްޔިތުންނަށް ލިބުނު އެއްވެސް ލުޔެއް ނެތެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި ޒަރޫރީ ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާއިލާތައް ދިރިއުޅުމުގެ ބުރަޔަށް ކެތްނުކުރެވޭ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ އަޑު އައްސަވަން އުޅުއްވާ ކަމަށް ވިދާޅުވާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވި މެންބަރުންގެ ހާލަތު އޮތީ ނުހަނު ދަށު ދަރަޖައެއްގައެވެ. ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ތިއްބެވި މެންބަރުން މިއަދު ތިއްބެވީ އަނގަބަންދުކޮށް، ސިޔާސީ ގޮތުން ކަސްތޮޅުއެޅިފައެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ބަދަލުގައި، ސަރުކާރު ދެމެހެއްޓުމަށްޓަކައި އެ މެންބަރުން ދަނީ ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖަހަމުންނެވެ. މަޖިލީހުގެ ތަޅުމުގައި ހަނު ތިއްބަވައިގެން ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކަށް އަތްޖެހުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު خیަނާތެކެވެ.
މި ހުރިހާ މައްސަލަތަކެއް ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި، މީޑިއާތަކުން ފާއިތުވި ދެ އަހަރު ދުވަހު ހަރުއަޑުން ގޮވަމުންދާއިރު، ސަރުކާރުން އަލުން ބައްދަލުވުންތަކެއް ބޭއްވުމަށް ރާވާފައިވަނީ ރައްޔިތުންގެ އަޑު ނީވޭތީތޯ ނުވަތަ ކަންކަން ހައްލުކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާތީތޯ ސުވާލު އުފެދެއެވެ. މިއަދު ރައްޔިތުން ބޭނުންވަނީ ހަމައެކަނި ވާހަކަ ދައްކާލާނެ މާހައުލެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ނަތީޖާއެވެ.
"ރައްޔިތުންގެ އަޑު" މިއީ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ބޭނުންކުރާ އުކުޅަކަށް ވެއްޖެނަމަ، މިއީ ރައްޔިތުންގެ މަލާމާތާއި ނުރުހުން ސަރުކާރަށް އިތުރަށް އަމާޒުވާނެ ކަމެކެވެ. ސަރުކާރުން ކަންކަން އިންތިޒާމް ކުރުމުގައި ބޮއްސުންލާފައިވާ މިންވަރު މިއަދު ރައްޔިތުންގެ ކޮންމެ ޝަކުވާއަކުން ހާމަވަމުންދާއިރު، މިހާރު މިއީ ހަމައެކަނި މަޝްވަރާކުރަން އޮތް ވަގުތެއް ނޫނެވެ. ރައްޔިތުން މިއަދު އެދެނީ އަމަލީ ހައްލަކަށެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު