އޭދަފުށަި ބަދަރު ސަރައްދުގައި މޫދުން ފެނުނު މީހާ ނެގުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އޭދަފުށި ޓައިމްސް
އޭދަފުށަި ބަދަރު ސަރައްދުގައި މޫދުން ފެނުނު މީހާ ނެގުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އޭދަފުށި ޓައިމްސް
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮތްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައިއޮތްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:55 ހާއިރެވެ.

މި ހާދިސާގައި މަރުވެފައި އޮތްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. އޭނާ ފެނުނުއިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭދަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު