މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު 144 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން ވަނީ ހިމަބިހީގެ 23 ކޭސް ފެނިފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 7,100 އަށްވުރެ ގިނަ ފަރާތްތަކަށް ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށާއި، ބައްޔާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތަށް އެކަނި ބަރޯސާވުމަށްވެސް ވަނީ އެދިފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު