ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް، ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ މެޑިކަލް ޕްރޮސީޖާތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ސަރުކާރުން ފަރުމާކުރި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއީ މި ބިލު މަޖިލީހުން ފާސްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މެއި 14، ގައި މި ބިލު މަޖިލީހުން ފާސްކުރުމުން، އޭގައި ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައެވެ. މަޖިލީހުން މިއަދު މި ބިލު ފާސްކުރީ ރައީސް ފާހަގަކުރެއްވި ޝަރުއީ އަދި ގާނޫނީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ކުށުގެ އަދަބުތަކާއި ގުނަވަން ހަދިޔާކުރެވޭނެ މީހުންގެ ޝަރުތުތަކަށް ބަދަލު ގެނައުމަށްފަހުއެވެ.
މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ބިލަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ، ބިލުގެ 7 ވަނަ މާއްދާގެ (ށ) އަށް އިތުރުކުރި ނުކުތާއެވެ. އެ އިސްލާހުގައިވާ ގޮތުން، ގުނަވަން ހަދިޔާކުރާ މީހާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހެއް ނުވަތަ ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީއެއް ކަމުގައި ވެގެން ވެސް ނުވާނެ ކަމަށް ބިލުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ފާސްކުރިއިރު، ރުހުމެއް ނެތި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓުކުރުމުގެ އަދަބެއްގެ ގޮތުގައި އޮތީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސާސް ހިފުމެވެ. ނުވަތަ ދިޔަ ހޯދައިދިނުމާއެކު ޖޫރިމަނާކޮށް ޖަލަށްލުމެވެ.
ނަމަވެސް، ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވަނީ، ރުހުމެއް ނެތި ގުނަވަން ނެގުމަކީ ތަފާތު ތިން އަމަލެއް ހިމެނޭ ކުށަކަށް ވާއިރު، އޭގެ ތެރެއިން ކޮންމެ އަމަލަކީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުމަށް ޝަރުތު ހަމަނުވެދާނެ ކަމެއް ކަމަށެވެ. އަދި ކުރިން ބިލު އޮތް ގޮތުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކުން ބޭރުން ގިސާސް ތަންފީޒުވުމުގެ އިހުތިމާލު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މިހާރު ބިލު އިސްލާހުކޮށް ގިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި ވަނީ އުނިކޮށްފައެވެ. އަދި ޖޫރިމަނާގެ އަދަދު 150,000ރ. އާއި 250,000ރ. އާ ދެމެދުގެ އަދަދަކަށް ދަށްކޮށް، ޖަލު އަދަބު 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ވަނީ ކުރުކޮށްފައެވެ. މިއީ މި ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި އިރުވެސް އަދަބުތައް އޮތް ގޮތެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު