2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެ، އެކަން "ކޮންފާމް" ވެފައިވާ ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއެވެ.
މަލީހުގެ މި ވާހަކަތަކަކީ މިހާރުގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އައިސްފައިވާ ވާހަކަތަކެކެވެ.
މަލީހުގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން، 2028 ވަނަ އަހަރުގެ އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާދަކުރައްވާނެ ކަން މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

2028 vana aharu onna riyaasee inthikhaabuga Muizzu vaadha nukurahvaa. Confirmed. 👏👏👏
— Mohamed Maleeh Jamal (@maleehjamal) July 14, 2026
ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން، 2028 ވަނަ އަހަރުގެ އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާބަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާދަކުރައްވާނެ ކަން މިހާރު ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު