ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގެ ކުރިން، އެ ތަންތަނުގައި އޮތް ބޮޑެތި ވައްކަމާއި ކޮރަޕްޝަނާއި އިސްރާފު ހުއްޓުވަން ޖެހޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރު ކުންފުނިތަކުން ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝަމްހީދު ވަނީ ކުންފުނިތައް ހިންގުމުގައި ހުރި ބޮޑެތި އިހުމާލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައިފަހުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެގޮތުން އެމްޑީޕީ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި 34،000 މުވައްޒަފުން ތިބި ނަމަވެސް، މިހާރު އެ އަދަދު 42،000 އަށް އަރާފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރުގެ ވާހަކަފުޅުތަކާ ހަވާލާދީ އޭނާ ވިދާޅުވިއެވެ. ހަމައެކަނި ފެނަކަ ކުންފުންޏަށް ވެސް މަޖިލިސް އިންތިހާބާ ދިމާކޮށް 1،400 އަށް ވުރެ ގިނަ މީހުން އަލަށް އައްޔަންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ފަދަ ކުންފުނިތަކުން ވަމުންދާ ގެއްލުން އިންތިހާއަށް ބޮޑު ކަމަށެވެ. މިދިޔަ އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި އެކަނިވެސް އާރްޑީސީއަށް 357 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން އޭނާ ހާމަކުރެއްވިއެވެ. އަދި އާރްޑީސީން ޕޭޕާ ކުންފުންޏެއް މެދުވެރިކޮށް ބޭންކު ލޯނު ނަގައިގެން ގެނައި 10 މިލިއަން ޑޮލަރުގެ އުޅަނދުތައް، ބޭނުން ނުކުރެވި ދަބަރަށް ވަމުންދާ ކަމަށް ވިދާޅުވެ، އެއީ ބޮޑު އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެމްއޭސީއެލްގެ މާލީ ހިސާބުތަކުގައި ވެސް "ވަންހަނާކޮށްފައިވާ" ގޮތް ނޭނގޭ ބޮޑެތި ޕޭމަންޓުތަކެއް ހުރި ކަމަށް ޝަމްހީދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ގޮތް ނޭނގޭ ކުންފުންޏަކަށް 3 ނުވަތަ 4 ބިލިއަން ރުފިޔާ އެމްއޭސީއެލް އިން ޖަމާކޮށްފައިވެއެވެ.
"އަޅުގަނޑު އެދެނީ ދައުލަތުގެ ނުވަތަ ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ބޭނުންނަމަ، ފުރަތަމަ ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން. ބޭކާރު އިސްރާފުތައް ހުއްޓާލަން. މުވައްޒަފުންނާ ހަމައަށް ދާންވާނީ އޭގެ ފަހުން،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ކުންފުނިތައް ނުބައިކޮށް ހިންގުމުގެ މައްސަލައަކީ ކުރިއްސުރެ އޮތް ކަމެއް ނަމަވެސް، މިހާރު ފެންނަނީ އެ މިސްމެނޭޖްމަންޓް ދެގުނައަށް ބޮޑުވެފައިވާ މަންޒަރު ކަމަށެވެ. އެހެންކަމުން، އާންމު މުވައްޒަފުންގެ ވަޒީފާއަށް އަތްލުމުގެ ކުރިން ކުންފުނިތަކުގެ ތެރޭގައި ހިންގާ ބޮޑެތި ޚިޔާނާތްތަކަށް ހައްލެއް ހޯދުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު