މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރާ "ޑްރަގް ކެފޭ" އެއްގެ ގޮތުގައި ހިންގާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު، މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި، ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ "އުއްމީދު" ނަމަކަށް ކިޔާ ގެއަށް ވަދެ ތިއްބައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، ސ. މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ 2024 ޖޫން 15 ވަނަ ދުވަހުއެވެ. އެއީ އެ ތަނަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި އޭގެ ވިޔަފާރި ކުރުމަށް ބޭނުން ކުރަމުންދާ ތަނެއްކަން ފާހަގަކުރެވިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ފުލުހުން ބުނެފައިވަނީ މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު