ބޫޓުތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިއާގެ ރައްޔިތަކު، އޭނާ ގެނައި ތަކެއްޗަކީ ރާއްޖޭގައި ބޭނުންކުރުން މަނާ އެއްޗެއްކަން ނޭނގޭ ކަމަށް ބުނެ ކޯޓުގައި ދިފާއު ހުށައަޅައިފިއެވެ.
މިދިޔަ މޭ މަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އުމުރުން 30 އަހަރުގެ ސޫރަޖް ކަރުވާރުގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ތަފާތު އުޒުރެއް ދައްކާފައެވެ. ސޫރަޖް ކޯޓުގައި ބުނެފައިވަނީ، އޭނާގެ އަތުން ފެނުނު ތަކެއްޗަކީ އިންޑިއާގައި ބޭނުންކުރުން ހުއްދަ "ހާބަލް" ނުވަތަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށެވެ.
ނަމަވެސް، ފުލުހުން ކޯޓުގައި ބުނީ އެ ތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުގައި އޮތް ކޮތަޅެއްގެ ތެރޭގައި ހުރި ދެ ޓެނިސް ބޫޓުގެ ކިބައިގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުއްޓައި ކަމަށެވެ. އެ ތަކެއްޗަކީ ރާއްޖޭގައި މަނާ އެއްޗެއްކަން ނޭނގޭ ކަމަށް އޭނާ ބުނި ނަމަވެސް، އާދައިގެ ފަތްޕިލާވެލީގެ ބާވަތެއް ބޫޓު ތެރޭގައި ފޮރުވައިގެން ގެންނަންޖެހުނު ސަބަބެއް އޭނާއަށް ކޯޓުގައި ސާފުކޮށްދެވިފައެއް ނުވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން މިއީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެކެވެ. ނަމަވެސް، ތަހުގީގުގެ މަރުހަލާގައި އޮތުމާއެކު، އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ސީދާ ބާވަތާއި ބަރުދަނެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގަށް މީގެ ކުރިން ވެސް ސޫރަޖްގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވެއެވެ. އިއްޔެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު