ސ. މަރަދޫ / އާލް، އުމުރުން 32 އަހަރުގެ އަޙްމަދު ޙާރިޝް
ސ. މަރަދޫ / އާލް، އުމުރުން 32 އަހަރުގެ އަޙްމަދު ޙާރިޝް
އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަމުގެ މައްސަލަތަކުގައި ބައިވެރިވާ މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާލް، އުމުރުން 32 އަހަރުގެ އަޙްމަދު ޙާރިޝް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

ޙާރިޝް ހައްޔަރުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ އިތުރުން، ވައްކަމުގެ އެހެން މައްސަލައެއްގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވިފައިވާތީ، ގަން ޕޮލިސް ސްޓޭޝަނުން އެ މައްސަލަވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަޙްމަދު ޙާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ބާވަތަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު