މޭގައި ރިއްސުމަކީ ކޮންމެ މީހަކުވެސް ކަންބޮޑުވާނެ ކަމެކެވެ. ގިނަ ފަހަރަށް މޭގައި ރިއްސަން ފެށުމުން އެއީ ހާޓް އެޓޭކެއް ކަމަށް ހީކޮށް ބިރުގަންނަ ގޮތްވެއެވެ. ނަމަވެސް، ބައެއް ފަހަރު މިއީ ހަމައެކަނި ގޭހުގެ އުނދަގުލަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި ދެކަންތަކުގެ ތަފާތު ދެނެގަތުމަކީ ސިއްހީ ގޮތުން ނުހަނު މުހިންމު ކަމެކެވެ.
ގޭހުގެ ސަބަބުން މޭގައި ރިއްސާނަމަ، އާންމުކޮށް އެ ރިހުން ހުންނާނީ މޭގެ ކޮންމެވެސް ވަކި ދިމާއެއްގައެވެ. އަދި މި ރިހުމާއެކު ބަނޑު ފުއްޕުން، ގިނައިން ފޮނުވުން ނުވަތަ މޭ އެންދުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ގޭހުގެ ރިހުން އާންމުކޮށް އިހުސާސް ކުރެވޭނީ ތޫނު ތަދެއްގެ ގޮތުގައެވެ. އަދި ހަށިގަނޑުގެ ގުދު ބަދަލުކޮށްލުމުން ނުވަތަ ގޭސް ބޭރުވުމުން މި ރިހުމަށް ލުއިކަމެއް ލިބިގެންދެއެވެ.
ހިތުގެ މައްސަލައެއްގެ ސަބަބުން މޭގައި ރިއްސާނަމަ، އޭގެ އަލާމާތްތައް ގޭހުގެ އުނދަގުލާ ތަފާތެވެ. ހިތުގެ ރިހުމަކީ މޭމަތީގައި އެއްޗަކުން ފިއްތާލާފައި ނުވަތަ ބަރު އެއްޗެއް ބާއްވާފައި އޮންނަ ކަހަލަ އިހުސާސެކެވެ. މި ރިހުން ދަތްދޮޅިއަށް، ކަރުގެ ނާރުތަކަށް، ކޮނޑަށް ނުވަތަ އަތަށް (ޚާއްޞަކޮށް ވައަތަށް) ފެތުރިގެންދެއެވެ. މީގެ އިތުރުން މާބޮޑަށް ދާހިއްލުން، ނޭވާލާން އުނދަގޫވުން، ބޯއެނބުރުން އަދި މޭނުބައިކުރުން ފަދަ ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
މި ދެ ކަންތައް ވަކިކުރަން އެނގޭނެ އަނެއް ގޮތަކީ ރިހުން ހުންނަ ވަގުތެވެ. ގޭހުގެ ސަބަބުން ވާ ތަދު އާންމުކޮށް ކެއުމަކަށްފަހު ފެށިދާނެއެވެ. ނަމަވެސް ހިތުގެ މައްސަލައަކުން ވާ ރިހުން ގިނަ ފަހަރަށް ކުރިމަތިވަނީ ހަށިގަނޑުން ބުރަ މަސައްކަތެއް ކުރާ ވަގުތުގައެވެ. އަދި ހިތުގެ ރިހުން އަރާމުކޮށްލުމުން ރަނގަޅުވި ކަމުގައިވިޔަސް، ގޭހުގެ ރިހުން އަރާމުކޮށްލުމަކުން އެކަނި ރަނގަޅެއް ނުވާނެއެވެ.
ސިއްހީ އެހީތެރިކަން ހޯދަންވީ ކޮން ވަގުތެއްގައިކަން ދެނެގަތުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މޭގައި ރިއްސުމާއެކު ނޭވާ ކުރުވުން، އަތާއި ކަރަށް ރިހުން ފެތުރުން، މާބޮޑަށް ވަރުބަލިވުން ނުވަތަ ހޭނެތޭ ގޮތްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. މޭގައި ރިއްސަނީ ކޮން ސަބަބަކާ ހުރެކަން ޔަގީން ނުވާނަމަ، އެއީ ގޭހުގެ އުނދަގުލެއް ކަމަށް ނިންމައި ގޭގައި މަޑުކުރުމުގެ ބަދަލުގައި، ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ.

ARG

ކިޔުންތެރިންގެ ހިޔާލު