މިދިޔަ މަހު ރާއްޖެއަށް އަށް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހަކު، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މުޙައްމަދު މުސްތާކް ޖަމާލްއާއި 26 އަހަރުގެ ސިރަޖުދީން ރަޝިތާގެ އިތުރުން ތިން ދިވެހިންނެވެ.
މި މައްސަލާގައި ހިމެނޭ ދިވެހިންނަކީ ލ. ގަން، މުކުރިމަގު ފޭރުގަސްދޮށުގެ، އުމުރުން 33 އަހަރުގެ އަޙްމަދު އަފްރާޙްއާއި، މާލެ، ހ. ކަހަފަތި، އުމުރުން 42 އަހަރުގެ އިލްޔާސް އަޙްމަދުގެ އިތުރުން މާލެ، ގ. ހޭޅި، އުމުރުން 36 އަހަރުގެ ޙަސަން ޝަމްޢޫނެވެ. މީގެ ކުރިން ކޯޓުން ވަނީ މި ތިން ދިވެހިންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހަށެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބެންގަލޫރުން ރާއްޖެ އައި ދެ ބިދޭސީންގެ ލަގެޖު ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރުމުގެ ތެރޭގައެވެ. ލަގެޖު އެކްސްރޭ ކުރިއިރު، އޭގެ ފުލުގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު، ލަގެޖުގެ ދަށުގައި ވަކި ބައެއް ހަދައިގެން ރައްކާކޮށްފައި ހުރި 8.3 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި މައްސަލާގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން ކޯޓުގައި ބުނެފައިވަނީ، އެ ތަކެއްޗަކީ ފައިސާގެ ބަދަލުގައި އެހެން މީހަކު އެމީހުންނާ ހަވާލުކުރި އެއްޗެއް ކަމަށެވެ. ނަމަވެސް އެއީ ކާކުކަމެއް ނުވަތަ އެކަމުގެ އިތުރު ތަފްސީލެއް ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ، އެމީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު