މިހާރުގެ ސަރުކާރަށް ވެރިކަން ކުރަން ނޭނގޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޝިފާޒު މިހެން ވިދާޅުވީ މިރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝިފާޒުގެ ވާހަކަފުޅުގައި، ވެރިއަކު އަމިއްލަ މުހުތާދުތަކަށް ވެރިކަން ކުރާނަމަ، ގާނޫނު އަސާސީގެ ދަށުން އެކަން ހުއްޓުވުމަށް ކުރެވޭނެ ކަމެއް މިވަގުތު ނެތްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިހާތަނަށް ފެނިގެންދިޔަ ހަތަރު ވެރިންގެ ތެރެއިން، އެމްޑީޕީގެ ވެރިކަމުގައި ފިޔަވައި އެހެން އެއްވެސް ވެރިކަމެއްގައި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ މިނިވަންކަމާއި ދިރުން ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ޝިފާޒު ވިދާޅުވީ، ގައުމުގެ އިގްތިސާދު ކުރިއެރުވުމަށާއި، ދައުލަތް ޒިންމާދާރުކުރުވުމުގެ އިތުރުން އިންސާފު ގާއިމުކުރުމަށްޓަކައި އެމްޑީޕީން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އަމާޒުކުރައްވައި ޝިފާޒު ވިދާޅުވީ، މި ސަރުކާރަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންނަށް ވެސް ގައުމުގެ މިހާރުގެ ހާލަތު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ލިބިގެންދާ ހިނދު، ރައްޔިތުން ދެވަނަ ފަހަރަށް ޑރ. މުއިއްޒު އިންތިޚާބު ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ޝިފާޒު މިރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު